ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ލޯންޗް

އިއުލާން ނަންބަރު: (IUL)242-A/242/2024/28

                           އިޢުލާން

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ލޯންޗް "ކަފެނާ" ގައި ކުރަންހުރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް 19 އޮގަސްޓް 2024 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)242-A/242/2024/20 ގެ ކިއުއާރު ކޯޑުގައި މައްސަލައެއް އުޅޭތީ މިއިޢުލާން ބާޠިލްކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާގެ "ކަފެނާ" ލޯންޗުގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި އިދާރާގެ ކަފެނާ ލޯންޗް މަރާމަތްކޮށް ދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ރަޖިސްޓްރީކުރާ ފޯމް މި އިޢުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދެންނެވިފައިވާ ތާރީޚަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރުމުން އެފަރާތަށް "މަޢުލޫމާތު ކަރުދާސް" ފޯރުކޮށްދެވޭނެއެވެ. އަދި  މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް 08 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6841032 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

 

ރަޖިސްޓްރީވުން: 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

ބިޑް ހުށަހެޅުމާއި ހުޅުވުން:  08 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި.

 

(އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް)

https://forms.gle/iihn7TawBuRK3RkMA

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2024
ހޯދާ