ދިވެހިރާއްޖެ
ނަމްބަރ: (IUL)252/252/2024/92
އިޢުލާނު
ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި މި ކައުންސިލުން "ފިއްލަދޫ ކައުންސިލް ކަޕް 2024" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިރިހެނުންނަށް ޚާއްޞަ ފުޓްސަލް މުބާރާތާއި އަންހެނުންނަށް ޚާއްޞަ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މުބާރާތުގައި ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ހުށައެޅުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިމުބާރާތުގައި ޓީމްތައް ރަޖިސްޓްރީކުރުމަށް އެދޭފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މި އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވެމެވެ.
މި މުބާރާތްތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 6500023 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.
17 ޞަފަރު 1446
21 އޮގަސްޓް 2024