ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭސް ބޭނުންކޮށްގެން ބުޅާ ނުމެރުމަށް އިލްތިމާސްކުރުން.

ބޭސް ބޭނުންކޮށްގެން ބުޅާ މެރުމާއި ބެހޭ!

ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރަމުންގެންދާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ރަށުގެ ބޭރު މަގުންނާއި އެކިއެކި ދިމަދިމާލުން މަރުވެފައިވާ ބުޅާ، އަދި ކާޅުތައް ފެނިފައިވެއެވެ.

މިގޮތަށް ބުޅާ އެކިތަންތަނުގައި މަރުވެފައި ތިބުމުގެ ސަބަބުން ޢާންމުންނަށް އޭގެ އުދަނގޫތަށްވެ މިކަމުގެ ޝަކުވާ ދަނީ ކައުންސިލަށް ލިބެމުންނެވެ. އަދި ވިއްސާރަ މޫސުމަކަށް ވެފައި މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެހެން ހީވާތީ މިގޮތަށް ބޭސް ބޭނުންކޮށްގެން ބުޅާ ނުމެރުމަކީ މިކައުންސިލުން އެދޭ ވަރަށްބޮޑު އެދުމެކެވެ.

                ވީމާ، ޢާންމު ފަރުދެއްގެ ޙައިސިއްޔަތުން މިފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2024
ހޯދާ