ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2024" ފުޓްސަލް މުބާރާތަށް ރެފްރީންގެ ގްރޫޕެއް ހޯދުމާއިގުޅޭ

"ގައްދޫ ފުޓްސަލް ޗެލެންޖް  2024" ފުޓްސަލް މުބާރާތަށް ރެފްރީންގެ ގްރޫޕެއް ހޯދުމާއިގުޅޭ؛

                  މިއިދާރާގެ ނަންބަރ (IUL)419-CAA/419/2024/82 (03 ޖުލައި 2024) އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް 2024 އޮކްޓޯބަރު 25 ގައި ފެށުމަށް ހަމަޖެހިފައިވާ "ގައްދޫ ފުޓްސަލް ޗެލެންޖް 2024" ފުޓްސަލް މުބާރާތަށް ރެފްރީންގެ ގްރޫޕެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، "ގައްދޫ ފުޓްސަލް ޗެލެންޖް 2024" ފުޓްސަލް މުބާރާތުގައި ރެފްރީން ފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  އީމެއިލް ޒަރީއާއިން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިގަނެވޭނެއެވެ. މެއިލް ކުރައްވާނީ، [email protected] އަށެވެ. އީމެއިލްކުރާ ކަމުގައިވާނަމަ އީމެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 9111005/7931318 އަށް ގުޅުއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

މިހެންވެ އިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

21 އޮގަސްޓް 2024
ހޯދާ