ދިވެހިރާއްޖެ
އިއުލާން ނަންބަރ: FNK-I/IUL/2024/334
ނީލަން ކިޔުމާއި ގުޅޭ
މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
- ބައުވެ/ބޭނުންނުކުރާ އޮފީސް އިކުއިޕްމެންޓްސް.
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 2000.00 (ދެހާސް ރުފިޔާ) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 200.00 (ދުއިސައްތަ ރުފިޔާ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 25 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތި ބެއްލެވުމަށް ފަހު، 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ހެދުނު 10:00 އަށް މިކުންފުންޏަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
އަދި މި އިއުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 7796602 އަށް ގުޅުވުން އެދެމެވެ.