މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ކާށިދޫ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ލޯ ފާރމެއް ހޯދުން

މާލެއަތޮޅު ކާށިދޫ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ލޯ ފާމެއް ހޯދުން

މިއިދާރާއަށް ޤާނޫނީ ލަފާ ދޭނެ ލޯ ފާރމެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑުގައި ރަޖިސްޓްރީވުން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2024 އޮގަސްޓް 27 ވާ އަންގާރަ ދުވަހުގެ  13:00  ގެ ކުރިން، ބިޑުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 100.00 (ސަތޭކަ) ރުފިޔާ މިއިދާއަށް ދެއްކެވުމަށްފަހު ފުރިހަމަ ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއި ލޯފަރމް ރަޖިސްޓްރޭޝަން  ސެޓްފިކެޓްގެ ކޮޕީ، އަދި ފައިސާ ދެއްކެވި ސްލިޕް info@kaashidhoo.gov.mv އަށް އީމެއިލް ކުރެއްވުމުން ބިޑުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ފޮނުވޭނެއެވެ.

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • ބިޑުގައި ރަޖިސްޓްރީވި ފަރާތްތަކަށް ބިޑާއިގުޅޭ މަޢުލޫމާތު ދިނުމަށް 2024  އޮގަސްޓް 28 ވާ އަންގާރަ ދުވަހުގެ 11:00ގައި،  އޮންލައިން ބައްދަލުވުމެއް އޮންނާނެއެވެ.
  • މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުން

  • ބިޑް ހުޅުވުން އޮންނާނީ  2024 ސެޕްޓެމްބަރ 03 ވާ އަންގާރަދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާ ނަމަ،ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގުޅޭނެ ނަންބަރު) (info@kaashidhoo.gov.mv)  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މާޢުލޫމާތު:

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ، ފޯން:6645377
ކ.ކާށިދޫ، ދިވެހިރާއްޖެ

ފޯން ނަންބަރ:  އީމެއިލް:  [email protected]

 

21 އޮގަސްޓް 2024
ހޯދާ