މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ލޯގޯ އަދި ޓްރޮފީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވައިލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                     ނަމްބަރ:331/331/2024/76(IUL)

 

   އިޢުލާން

 

 ކައުންސިލް ކަޕް ލޯގޯ އަދި ޓްރޮފީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވައިލުން

               މި ކައުންސިލްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ކައުންސިލް ކަޕް"ގެ ލޯގޯ އަދި ޓްރޮފީ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިންއަކަށް -/7000ރ (ހަތްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

              ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތަފްޞީލާއި އެއްގޮތަށް ލޯގޯ އަދި ޓްރޮފީ ފަރުމާކުރެއްވުމަށްފަހު 2024 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  

ލޯގޯ އަދި ޓްރޮފީ ފަރުމާކުރުމުގައި ބަލަންވީ މިންގަނޑުތައް:

  • މީގެ ކުރިން އެއްވެސް ފަރާތަކުން ބޭނުންކޮށްފައި ނުވާ އަމިއްލަ ވަންތަ ޑިޒައިނަކަށްވާންވާނެއެވެ.
  • ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ޓީޝާޓް، ލޭންޔާރޑް އަދި ދިދަ ފަދަ ތަކެތީގައި ބޭނުން ކުރެވޭ ގޮތަށެވެ.
  • ލޯގޯގައި ހިމެނޭ ބައިތަކާއި ކުލަތަކުން ރަމްޒްކޮށްދޭ އެއްޗެއް ލިޔުމުން ހުށަހަޅަން ވާނެއެވެ.
  • ލޯގޯ އަކީ ލަކުޑި ، ފައިބަރު ނުވަތަ މައުދަނުގައި ފަސޭހައިން ކަނޑާނަގައި (އެންގްރޭވްކޮށް) ސިފަ ފާޅުކުރެވޭ ގޮތަށް ފަރުމާކުރެވޭ ލޯގޯ އަކަށް ވާންވާނެއެވެ.
  • ލޯގޯގެ ސައިޒް 20mm X 20mm އަށް ކުޑަކުރުމުން އޭގެ އަސްލު ގެއްލިގެން ނުވާނެއެވެ.
  • ޓްރޮފީ ފަރުމާކުރަންވާނީ ގާތްގަނޑަކަށް 90 އިންޗި ހުންނަވަރަށް ޓްރޮފީގެ އަސްލު ތައްޔާރުކުރުމުން އޭގެ ބައްޓަމަށް ބަދަލު ނާންނާނެގޮތަށެވެ.
  • ލޯގޯގެ ރިސޮލިއުޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.
  • ލޯގޯގައި ހިމެނޭ ލިޔުންތައް ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ހިމެނޭ ލޯގޯ ވަކިން ހުށަހަޅަންވާނެއެވެ.

ހުށަހަޅަންވީގޮތް:

  • ލޯގޯގެ JPEG އަދި PNG ފައިލް.
  • ލޯގޯގެ ކުލަ އަދި ގްރޭސްކޭލް ޕީ.ޑީ.އެފް ފައިލް.
  • ޓީޝާރޓް ، ދިދަ ފަދަ ތަކެއްޗަށް ޕްރިންޓް ކުރުމަށް ބޭނުންކުރެވޭނެ ހައި ކޮލިޓީ ޕްރިންޓް ފައިލް.
  • ލޯގޯ ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑު ކޮޕީ އަދި ވިޔަފާރި ނުވަތަ ކުންފުންޏެއް ނަމަ ރަޖިސްޓްރީގެ ކޮޕީ.
  • ހުށަހަޅާ ފަރާތަކީ ކާކުކަން އެނގޭނެ ނަމެއް ނުވަތަ ނިޝާނެއް ހުށަހަޅާ ސޮފްޓް ކޮޕީތަކުގައި ހިމަނައިގެން ނުވާނެއެވެ.
21 އޮގަސްޓް 2024
ހޯދާ