މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ، ޕަބްލިކް ހެލްތް - މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް ޑިވިޜަން

އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ޑިރެކްޓަރ، ޕަބްލިކް ހެލްތް

މަޤާމުގެ ނަންބަރު

      J-401244

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 9 ބީ - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް ޑިވިޜަން، މޯލްޑިވްސް އެމްބިއުލާންސް ސާރވިސަސް އޮޕަރޭޝަންސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް ޑިވިޜަން، (ހުޅުމާލެ)

މުސާރަ

-/15,100 ރުފިޔާ

ސަރވިސް އެލަވަންސް

-/7,047 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް : ހާޒިރުވާ ދުވަހަކަށް -/191

ނޯޓް: މި މަގާމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، މި މަގާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީ އޮފް ހެލްތުގެ ސްޓްރެޓެޖިކް ޕްލޭނުގެ މައްޗަށް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (ޑީ.ޑީ.ޖީ)ގެ މަޝްވަރާގެ މަތިން އެމްބިއުލާންސް ސާރވިސް އަދި ކޯލް ސެންޓަރގެ ޚިދުމަތް ދިނުމުގައި ޢަމަލީ މަސައްކަތްރާވާ ހިންގުމާއި ލަނޑުދަނޑިތައް ޙާސިލުވާނޭގޮތަށް މިޚިދުމަތް ތަކުގެ މަސައްކަތްތައްރާވާ ހިންގުން.
  2. އެމްބިއުލާންސް ސާރވިސް އަދި ކޯލް ސެންޓަރުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންތައްތައް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާގެ މަތިން ރާވާ ހިންގާ ބެލެހެއްޓުމާއި، މަސައްކަތްތައް ރާވާ މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރުމާއި މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން
  3. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޚިދުމަތަށް ބޭނުންވާ ގައިޑްލައިން / އެސް.އޯ.ޕީތައް ކަމާބެހޭ އަދި ފަންނީ މީހުންގެ ލަފަޔާއެކު ތައްޔާރުކޮށް ނިންމުން
  4. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ގުޅުންހުރި އިދާރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔުމާއި މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާއެކު ގުޅިގެން މަސައްކަތްތައް ރާވާ ހިންގުން.
  5. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގައި ބޭނުންކުރެވޭ އުޅަދު ފަހަރާއި އެއްގަމު ވެހިކަލްތައް މިނިސްޓްރީ އިން ހަމަޖައްސަވާފައިވާ އުސޫލުތަކާއި އެއްގޮތަށް މެއިންޓެނެންސްކޮށް ބެލެހެއްޓުމާއި ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އަމަލުކުރުން.
  6. ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތުއާއި ގުޅިގެން މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ފުޅާކުރުމަށް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާގެ މަތިން މަސައްކަތް ކުރުން
  7. އެމްބިއުލާންސް ސާރވިސް ދިނުމުގައި ޞިއްޙީ މައްސަލަތަކާއި ގުޅިގެން ދިމާވާ މެޑިކަލް ކޭސްތަކުގެ ކަންތައްތައް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަޝްވަރާގެމަތިން ކުރިއަށްގެންދިއުމާއި، ހުށަހެޅޭ މައްސަލައަކާ ގުޅޭ ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.
  8. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ އިންވެންޓްރީ އާއި ސްޓޮކްތައް ( މެޑިކަލް، ޖެނެރަލް ) ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  9. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނު ކުރާނޭގޮތުގެ ޕްލޭނެއް އެކުލަވާލާ މިނިސްޓްރީއާއި ގުޅިގެން ތަންފީޒު ކުރުން.
  10. މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނު ކުރާނޭގޮތުގެ ޕްލޭނެއް އެކުލަވާލާ މިނިސްޓްރީއާއި ގުޅިގެން ތަންފީޒު ކުރުން
  11. އަތޮޅުގައި އެމްބިއުލާންސްގެ ޚިދުމަތުގެ ހުރި ޚިދުމަތްދެވޭ މަރުކަޒުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް މިޚިދުމަތް ޤާއިމުކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސްގެ ޑީ.ޑީ.ޖީގެ މަސްވަރާގެމަތިން ކުރުން.
  12. ތަފާސް ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން.
  13. ދިވެހި ސިވިލްސާރވިސަސްގެ ޤަވާޢިދުތަކާއި މިނިސްޓްރީއިން ކަޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މުވައްޒަފުންގެ ވަޒީފާއާއި ބެހޭ އެންމެހާ ކަންތައްތައް ކުރުން
  14. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  15. ސިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 ނުވަތަ؛

2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް    9   ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ        މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ      ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 ނުވަތަ؛

3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް    7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8            އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު    ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ޗައިލްޑް އެންޑް އެޑޮލެސެންޓް ހެލްތު 
  • އެޑިކްޝަން ކައުންސެލިންގ 
  • އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން
  • އެޑްވާންސްޑް މެންޓަލް ހެލްތް ޕްރެކްޓިސް
  • އެޕްލައިޑް ސައިންސް ސައިކޮލިޖީ
  • ބިހޭވިއަރަލް ސައިކޮލޮޖީ 
  • ބިހޭވިއަރަލް ހެލްތް ސައިންސް
  • ބަޔޯ ސްޓެޓިސްޓިކްސް
  • ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ 
  • ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް 
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން 
  • ޗައިލްޑް އެންޑް ކޮމިއުނިޓީ 
  • ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް  
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ 
  • ޗައިލްޑް ވެލްފެއަރ ވަރކް 
  • ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް  
  • ކްލިނިކަލް އެންޑް ޑިވެލޮޕްމަންޓަލް ސައިކޮޕެތޮލޮޖީ 
  • ކްލިނިކަލް ޗައިލްޑް އެންޑް އެޑޮލިސެންޓް ސައިކޮލޮޖީ 
  • ކްލިނިކަލް ޗައިލްޑް ސައިކޮލޮޖީ  
  • ކްލިނިކަލް ހެލްތް ސައިކޮލޮޖީ
  • ކްލިނިކަލް މެންޓަލް ހެލްތް
  • ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ 
  • ކްލިނިކަލް ސައިކޮލޮޖީ
  • ކްލިނިކަލް ސައިކޮތެެރަޕީ 
  • ކްލިނިކަލް ސްޕޯޓްސް ސައިކޮލޮޖީ
  • ކޮމިއުނިކަބަލް ޑިޒީސަސް  
  • ކޮމިއުނިޓީ ހެލްތު 
  • ކޮމިއުނިޓީ ހެލްތް ނަރސިންގ
  • ކޮމިއުނިޓީ މެޑިސިން
  • ކައުންސެލިންގ 
  • ކައުންސެލިންގ އެންޑް ސައިކޮތެރަޕީ 
  • ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް
  • ކައުންސެލިންގ ސައިކޮލޮޖީ 
  • ޑިމޮގްރަފީ  
  • ޑައިޓެޓިކްސް  
  • ޑިޒާސްޓަރ މެނޭޖުމަންޓު 
  • އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް  
  • އިމަރޖެންސީ މެޑިސިން  
  • އެމަރޖެންސީ ޕްރިޕެއަރޑްނަސް  
  • އެންޓޮމޮލޮޖީ  
  • އެންވަޔަރަމަންޓް ހެލްތު  
  • އެޕިޑިމިއޮލޮޖީ  
  • ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް  
  • ފެމިލީ ސްޓަޑީޒް  
  • ފެމިލީ ތެރަޕީ  
  • ގްލޯބަލް ހެލްތް  
  • ގްލޯބަލް މެންޓަލް ހެލްތް އެންޑް ވެލްބިއިން  
  • ހެލްތް ކެއަރ އިވެލުއޭޝަން  
  • ހެލްތް އެޑިޔުކޭޝަން  
  • ހެލްތު އިންފޮމެޓިކްސް  
  • ހެލްތް އިންފޮމޭޝަން  
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް  
  • ހެލްތު ޕްރޮމޯޝަން  
  • ހެލްތު ސައިކޮލޮޖީ  
  • ހެލްތް ރިސަރޗް  
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  
  • ހެލްތްކެއަރ މެނޭޖްމަންޓް  
  • ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް  
  • އިންފެކްޝާސް ޑިޒީސަސް  
  • މެރިއޭޖް އެންޑް ފެމިލީ  
  • މެރިޖް އެންޑް ފެމިލީ ކައުންސެލިންގ  
  • މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް  
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  • މެޓަރނަލް އެންޑް ޗައިލްޑް ހެލްތް  
  • މެންޓަލް އެންޑް ބިހޭވިއަރަލް ހެލްތް  
  • މެންޓަލް ހެލްތް  
  • މެންޓަލް ހެލްތް އެންޑް ކްލިނިކަލް ސައިކޮލޮޖީ  
  • މެންޓަލް ހެލްތް އެންޑް ސައިކޮތެރަޕީ  
  • މެންޓަލް ހެލްތް އެންޑް ވެލްނަސް  
  • މެންޓަލް ހެލްތް ކައުންސެލިންގ  
  • މެންޓަލް ހެލްތް ސައިންސް  
  • މެންޓަލް ހެލްތް ސްޓަޑީޒް  
  • ނޮން-ކޮމިއުނިކަބަލް ޑިޒީސަސް  
  • ނިއުޓްރިޝަން  
  • އޮކިއުޕޭޝަނަލް ހެލްތް  
  • ޕެރިނޭޓަލް މެންޓަލް ހެލްތް  
  • ޕޮޕިއުލޭޝަން ހެލްތް  
  • ޕްރައިމަރީ ހެލްތް ކެއަރ  
  • ސައިކޮލޮޖިކަލް ކައުންސެލިންގ  
  • ސައިކޮލޮޖީ  
  • ސައިކޯތެރަޕީ  
  • ސައިކޮތެރަޕީ ކައުންސެލިންގ  
  • ޕަބްލިކް ހެލްތު  
  • ޕަބްލިކް ހެލްތް ނަރސިންގ  
  • ޕަބްލިކް ހެލްތް ރިސަރޗް  
  • ޕަބްލިކް ހެލްތް ސައިންސް  
  • ޕަބްލިކް މެންޓަލް ހެލްތް  
  • ރިހެބިލިޓޭޝަން ކައުންސެލިންގ  
  • ރިޕޮރޮޑަކްޓިވް ހެލްތް  
  • ސްކޫލް ކައުންސެލިންގ  
  • ސޯޝަލް ސަރވިސަސް  
  • ސޯޝަލް ވޯރކް  
  • ތެރަޕިއުޓިކް ކައުންސެލިންގ  
  • އެޕްލައިޑް ބިހޭވިއަރ އެނަލިސިސް  
  • އެޕްލައިޑް ސޯޝަލް ސައިކޮލޮޖީ  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް  

ގުޅޭ ވަޒީފާގެ ދާއިރާ

  •  ޕަބްލިކް ހެލްތު
  • މެންޓަލް ހެލްތު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 27 އޮގަސްޓް 2024 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2024 ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

21 އޮގަސްޓް 2024
ހޯދާ