ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
ރަޖިސްޓްރަރ |
މަޤާމް |
|
SP 3 |
ރޭންކް |
|
1 (އެކެއް) |
އަދަދު |
|
އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/14،400 ރުފިޔާ |
އަސާސީ މުސާރަ |
|
- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) - ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %60 - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) |
މި މަޤާމަށް ލިބޭ އެލަވަންސް |
|
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހު ރާއްޖޭގައި މަސައްކަތްކޮށްފައިވުން. އަދި، 2- މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހެއްކަމުގައިވުން. އަދި، 3- އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. އަދި، 4- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. އަދި، 5- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން. |
މަޤާމުގެ ޝަރުޠު |
|
1- އުތުރުގެ ހައިކޯޓަށް ހުށަހެޅޭ މަސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން. 2- އުތުރުގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތަށްކަން ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ޤަވާޢިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް އެ ޤަވާޢިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ އެ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ. 3- ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް، ލިޔުމުން ޖަވާބުދީ، އެ ޖަވާބުދެވުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން. 4- ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން. 5- އުތުރު ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން. 6- އުތުރުގެ ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާޢިޢުކުރުން. 7- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ ޚަޞްމެއްގެ އެދުމުގެމަތިން، އެ ފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން. 8- މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން. 9- ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މުޢާމަލާތްކުރުން. 10- އުތުރުގެ ހައިކޯޓުގެ ޤަވާޢިދުން ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. 11- ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން، ސެކްޝަނަށް ލިބޭ ލިޔުންތަކާއި، ޖަވާބުދެވުނު ލިޔުންތަކާއި، ޖަވާބުނުދެވިހުރި ލިޔުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން. 12- ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާ ލިޔުން. 13- ފައިލިންގ ސިސްޓަމާޢި، ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން. 14- މައްސަލަތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރެޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް، އިސްފަނޑިޔާރުގެ އިރުޝާދުގެދަށުން ޖަވާބު ތައްޔާރުކުރުން. 15- ސެކްޝަނުގެ މަސައްކަތާ ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން. 16- ވަކީލުންގެ ދަފްތަރެއް ހަދައި، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ތައްޔާރުކުރުމާއި، އެ ދަފްތަރު ބެލެހެއްޓުން. 17- ރެޖިސްޓޭޝަންގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން. 18- އުތުރުގެ ހައިކޯޓުގެ ނިންމުންތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން. 19- އުތުރުގެ ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުން. 20- އިސްވެ ބަޔާންވި، ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން. |
މަޤާމުގެ މަސްއޫލިއްޔަތު |
|
1- ވަޒީފާއަށް އެދޭ ފޯމު 2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ ކޮޕީ) 4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 5- ވަޒީފާ އަދާކުރާނަމަ ވަޒީފާގައި އުޅޭކަމުގެ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަން، މުސާރަ އެނގޭގޮތަށް) 6- ބޮންޑެއް އޮތް ފަރާތެއްނަމަ، ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި |
|
އެސިސްޓެންޓް ލީގަލް އޮފިސަރ |
މަޤާމް |
|
LS 2 |
ރޭންކް |
|
1 (އެކެއް) |
އަދަދު |
|
އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/9412 ރުފިޔާ |
އަސާސީ މުސާރަ |
|
- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) - ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %60 - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ |
މި މަޤާމަށް ލިބޭ އެލަވަންސް |
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
މަޤާމުގެ ޝަރުޠު |
|
1- މައްސަލަތަކަށް ބޭނުންވާ ލިޔުންތައް، ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ފުރިހަމަކުރުން. 2- =އިނގިރޭސި ބަހުން ލިޔެފައި ހުންނަ ޓެކްނިކަލް ޑޮކިއުމެންޓުތަކާއި، ކޮންޕްލެކްސް ޑޮކިއުމެންޓުތައް، ކޯޓުގެ ބޭނުންތަކަށް ތަރުޖަމާކުރުން. 3- އަލަށް ހެދޭ ޤާނޫނުތަކާއި ޑްރާފްޓް ބިލްތަކުގައި ހުރެދާނެ ލީގަލް އިޝޫތައް ފާހަގަކޮށް، އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހެޅޭ ހިނދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ދިރާސާތައް ކުރުން. 4- މަދަނީ މައްސަލަތަކުގައި ނަގައިދެވޭ ބަދަލު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން. 5- ޤަޞިއްޔާތަކަށާއި އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން. 6- މައްސަލަތައް ދިރާސާކުރުމާއި، ޤާނޫނުތައް ދިރާސާކުރުން. 7- ޙުކުމްތަކާއި ކޯޓު އަމުރުތައް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން. 8- ޕްރިޓްރަޔަލް ކަންކަމުގައި ފަނޑިޔާރުގެ ސެކްޝަނުން ކުރަންޖެހޭ ކަންތައްތަކުގެ އިންތިޒާމް ހަމަޖެއްސުން. 9- މައްސަލަތައް ނިމުނުގޮތުގެ ރިޕޯޓު އެކުލަވައިލުމުގެ އިންތިޒާމް ހަމަޖެއްސުން. |
މަޤާމުގެ މަސްއޫލިއްޔަތު |
|
ކޯޓް މާސްޓަރ |
މަޤާމް |
|
GS4 |
ރޭންކް |
|
1 (އެކެއް) |
ބޭނުންވާ އަދަދު |
|
އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/5020 ރުފިޔާ |
މުސާރަ |
|
ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އާއި، ރިސްކު އެލަވަންސް -/3000 (ތިންހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، GS3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
އަސާސީ ޝަރުޠު |
|
1- ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް މުޢާމަލާތްކުރަން އެނގުން. 2- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއެކު، އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޒު ކުރިތާ 7 އަހަރުދުވަސް ވެފައިވުން. 3- އުމުރުން 18 އަހަރު ފުރި، 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން. 4- ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން. 5- ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން. 6- ފިރިހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުން. އަންހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް ހުރުން. |
އެހެނިހެން ޝަރުޠު |
|
1- ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން. 2- ކޯޓުރޫމްގެ ސެކިއުރިޓީއާއި އިންތިޒާމްތައް ބެލެހެއްޓުން. 3- ކޯޓުން ކަނޑައަޅާ ސެކިއުރިޓީއާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް |
|
GS3 |
ރޭންކް |
|
3 (ތިނެއް) |
ބޭނުންވާ އަދަދު |
|
އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/4465 ރުފިޔާ |
މުސާރަ |
|
ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން. |
އަސާސީ ޝަރުޠު |
|
- މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ކުރުން. - ކޯޓުން އެއްކުރަންޖެހޭ އެންމެހައި ތަފާސްހިސާބުތައް އެއްކޮށް، ފޯމެޓަށް އެޅުން. - ކައުންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. - ކޯޓަށް އަންނަ ލިޔެކިޔުންތަށް އެންޓްރީކޮށް، ސެކްޝަންތަކާ ހަމަޔަށް ފޯރުކޮށްދިނުން. - ރެކޯޑްތައް ބެލެހެއްޓުން. - ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. - ކޯޓުގެ ފަނޑިޔާރުން ކުރައްވާ ދަތުރުފުޅުތަކާއި، ބައިވެރިވަޑައިގަންނަވާ މުނާސަބަތުތަކާ ގުޅިގެން ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. - ކޯޓުގެ މުވައްޒަފުންގެ ތެރެއިން ޗުއްޓީއާއި، ސަލާމުގައި ތިބޭ މުވައްޒަފުންގެ މަޢުލޫމާތާއި، ކޯޓުގެ މުވައްޒަފުންގެ ޕަރފޯމަންސް ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
ކޯޓް އޮފިސަރ |
މަޤާމް |
|
GS3 |
ރޭންކް |
|
1 (އެކެއް) |
ބޭނުންވާ އަދަދު |
|
އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/4465 ރުފިޔާ |
މުސާރަ |
|
ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން. |
އަސާސީ ޝަރުޠު |
|
1- ކޯޓަށް ބޭނުންވާ ސަލާމަތީ އެންމެހައި ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް ދުވަހުން ދުވަހަށް ޝަރީޢަތްތަކާބެހޭ މައުލޫމާތު ދިނުމާއި، އިތުރަށް ބޭނުންވާނެ ސަލާމަތީ ކަންތައްތަކަކީ ކޮބައިކަން އެފަރާތްތަކަށް އެންގުން. 2- ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން. 3- މައްސަލައިގެ ގަޑިޖެހުމުގެ ކުރިން އެދުވަހުގެ މައްސަލަ ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިފައިވޭތޯ ބެލުން. 4- މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ މީހުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 5- ޝަރީޢަތް ހިންގުމަށްޓަކައި ހާޒިރުކުރަންޖެހޭ މީހުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމާއި، ޝަރީޢަތް ހިންގުމަށް ބޭނުންވާ ހުރިހާ ލިޔުންތައް ހަމަޔަށް ވެއްދުން. 6- ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައި މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައް ކުރުން. 7- ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ބަޔާންތައް ޓައިޕްކޮށް، މައްސަލައިގައި ހިމެނޭ ފަރާތްތައް ލައްވާ އެ ބަޔާންތަކުގައި ސޮއިކުރުވުން. 8- މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ އަމުރުތައް ޑްރާފްޓްކުރުމާއި، އެދަފަ އަމުރުތައް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން. 9- ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ދަޢުވާ ލިބޭ ފަރާތްތަކަށް ޖަވާބު ފޯމު ފޮނުވުމާއި، މައްސަލައާ ގުޅޭ ލިޔުންތައް ބެލެހެއްޓުން. 10- ކޯޓު ހުޅުވައި ލެއްޕުމާއި، ޑިއުޓީ ޓޭބަލްގައިވާގޮތަށް ޑިއުޓީގައި ހުރުން. 11- މައްސަލައިގެ ގަޑިޖެހުމުގެ ކުރިން އެދުވަހުގެ މައްސަލަ ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިފައިވޭތޯ ބެލުން. 12- ސެކްޝަނަށް އަންނަ ލިޔުންތަކާއި، ސެކްޝަނުން ފޮނުވާ ލިޔުންތަކުގެ ފައިލް ތައްޔާރުކޮށް ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
އޮފީސް އެސިސްޓެންޓް |
މަޤާމް |
|
SS2 |
ރޭންކް |
|
1 (އެކެއް) |
ބޭނުންވާ އަދަދު |
|
އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/3470 ރުފިޔާ |
މުސާރަ |
|
ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތަށް ބޭނުންވާ ތަމްރީނެއް ހާސިލްކޮށްފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އަސާސީ ޝަރުޠު |
|
- ކޯޓު ހުޅުވައި ލެއްޕުމުގެ ތާވަލުގައިވާ ގޮތުގެ މަތިން ހުޅުވައިދިނުމާއި، ކޯޓު ބަންދުކުރަންޖެހޭ ގަޑިއަށް ކޯޓު ބަންދުކުރުން. - ކޯޓުގެ އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާ،އި ލިޔުމާއި، އެކިއެކި ތަކެތި އެތަންތަނަށް ގެންގޮސް ރައްދުކޮށްދިނުން. - ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް، ރައްދުކުރަންޖެހޭ ތާރީޚުގައި، ރައްދުކުރަންޖެހޭ ގަޑިއަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުން. - ކޯޓުގެ ބޭނުމަށް ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުމާއި، ސްޓޮކަށް ހޯދޭތަކެތި ސޮޓޮކްގައި ރީތިކޮށް އަތުރައިދިނުމާއި، އޮފީހުގެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ޙާލަތްތަކުގައި އެތަކެތި ރައްކާތެރިކަމާއެކު ގެންގޮސްދިނުން. - ކޯޓުން ނިންމަވާ މައްސަލަތަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަނަށް ހަވާލުކުރަންޖެހޭ މީހުން ރައްކާތެރިކަމާއެކު ހަވާލުކޮށްދިނުން. - ކޯޓުގެ ވެހިކަލްތައް ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
މަސައްކަތު |
މަޤާމް |
|
SS1 |
ރޭންކް |
|
1 (އެކެއް) |
ބޭނުންވާ އަދަދު |
|
އުތުރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ހދ. ކުޅުދުއްފުށި، ދިވެހިރާއްޖެ |
މަސައްކަތް ކުރަންޖެހޭ ތަން |
|
-/3100 ރުފިޔާ |
މުސާރަ |
|
ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ. |
މި މަޤާމަށް ލިބޭ އެލަވަންސް |
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. |
އަސާސީ ޝަރުޠު |
|
1- އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހައި ސާފުކުރުން. 2- ފާޚާނާތައް ސާފުކުރުން. 3- މުޅި އިމާރާތުގެ އެތެރޭގެ ހުރިހާ ކާޕެޓްތައް ސާފުކޮށް، މުށިޖަހާފައިވާ ސަރަހައްދުގައި މޮޕްއަޅައި، ދޮވެ ސާފުކުރުން. 4- ކޯޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި ތައްޔާރުކުރުން. 5- ސައިކޮޓަރީގައި ހިފާގެންގުޅޭ ހުރިހާ ތަކެއްޗެއް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އޮފީހުގެ މޭޒުތައްމަތީ ގެންގުޅޭ ތަށި ފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ސާފުކުރުން. 6- އޮފީހުގެ ވެރިންގެ ކޮޓުރިކޮޅަށް ބޯފެން ގެންގޮސްދިނުން. 7- ސައި ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، އޮފީހުން ޚަރަދުކޮށްގެން ގަންނަންޖެހޭ ތަކެތި ގަނެދިނުމުގައި އެހީތެރިވުން. 8- އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީގަޑީގައި އޮފީސް ބެލެހެއްޓުމައްޓަކައި ޑިއުޓީއަށް ހާޒިރުވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) 5- ކޯޓު މާސްޓަރގެ މަޤާމަށާއި، އޮފީސް އެސިސްޓަންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ. |
ހުށަހަޅަންޖެހޭ ތަކެތި |
|
- މަތީގައިވާ މަޤާމުތަކަށް ޝަރުޠުފުރިހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 ޖޫން 22 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުން އެދެމެވެ. - ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއަށް އެދޭ ފޯމެވެ. މި ފޯމު ލިބެން ހުންނާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް (www.judiciary.gov.mv) އިންނާއި، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ. - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމެވެ. މި ފޯމު ލިބެން ހުންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވެބްސައިޓް (www.supremecourt.gov.mv) އިންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކައުންޓަރުންނެވެ. |
ސުންގަޑި |
|
1- މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެއްމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށާއި، ހދ. ކުޅުދުއްފުށީގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 3. މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް، އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ދުވަސް، ފަހުން އަންގާނެއެވެ. |
އިތުރު މަޢުލޫމާތު |
14 ޝަޢުބާން 1436