މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯޓްޔާޑްގެ މަސައްކަތްކުރުމަށް ބިން ދޫކުރުމާއިބެހޭ

ބޯޓްޔާޑްގެ މަސައްކަތްކުރުމަށްސިނާއީ ސަރަހައްދު (މާމުލި ކޮޅު) 32,000 (ބައްތިރީސް ހާސް) އަކަފޫޓުގެ 01 ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

                ވީމާ، ބޯޓްޔާޑްގެ މަސައްކަތް ކުރުމަށް ދޫކުރާބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލު

ތާރީޚް

ދުވަސް

ގަޑި

ބިޑްހުށަހެޅުމަށް ރަޖިސްޓްރީވުމުގެ ސުންގަޑި

29 އޮގަސްޓް 2024

ބުރާސްފަތި

13:00

ނޯޓް: ބިޑްހުށަހެޅުމަށް ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތާއެކު [email protected] މެއިލް ކުރެއްވުން އެދެމެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު

 ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުމުން 2024 އޮގަސްޓް 29 ވަނަ ދުވަހުގެ 14:00ގެ ކުރިން މަޢުލޫމާތު މެއިލް ކުރެވޭނެއެވެ.

*މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާއިބެހޭ ޤާނޫނު (ނަންބަރ 2003/1)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.

*ބިޑްގައި ބައިވެރިވާ ފަރާތުގެ ފުރިހަމަނަމާއި އައި.ޑީ.ކާޑް ނަންބަރާއި ދާއިމީ އެޑްރެސް އަދި ފޯން ނަންބަރ އޮންނަން ވާނެއެވެ.

* ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި

19 ސެޕްޓެމްބަރ 2024

ބުރާސްފަތި

13:00

ބިޑްހުށައެޅޭނީ، ބިޑްހުށައަޅަން ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުވާފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 އޮގަސްޓް 2024
ހޯދާ