ދިވެހިރާއްޖެ
Scholarship to the Maldivian Students - Gift University/Pakistan |
ޕާކިސްތާނުގެ ގިފްޓް ޔުނިވަރސިޓީގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލާފައިވާކަމަށް އެ ޔުނިވަރސިޓީއިން ވަނީ އަންގާފައެވެ.
ވީމާ، މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެފަރާތުގެ އޮންލައިން އެޕްލިކޭޝަން 30 އޮގަސްޓް 2024 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮއް ހުށަހެޅުން އެދެމެވެ. އަދި ސްކޮލަރޝިޕާއި ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާ އިންފޯމޭޝަން ޝީޓުންނާއި ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.
ޔުނިވަރސިޓީ ވެބްސައިޓް: mailto:[email protected] އެޕްލިކޭޝަން ލިންކް: https://admission.gift.edu.pk/
.................................................................................................................................................................... * މިޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ. |