ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ކައުންސިލުން ބައުވެ ހަލާކުވެގެން ނަގާފައިވާ ތަކެތި ނީލަންކިޔުން

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައު ތަކެތި ނީލަންކިޔުން  30 އޯގަސްޓް 2024  ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 ގައި ދ.ބަނޑިދޫ މަލަ ޢިމާރާތުގު ގޯތި ތެރޭގައި  އޮންނާނެއެވެ. މި ތަކެތީގެ ހާލަތު ބެއްލެވުމަށް ބޭނުންވެލަވާ ފަރާތްތަކުން، 29 އޯގަސްޓް 2024  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި ކައުންސިލަށް ވަޑައިގެން ދެންވުންއެދި ދަޢުވަތު އަރުވަމެވެ.

ނީލަމުގައި ބައިވެރިވެލައްވައި މުދާ ބައްލަވައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ އެނގިލައްވާ ރަސްމީ ލިޔުމެއްހިފައިގެން ވަޑައިގެންދެއްވުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. ނީލަމުން ބައްލަވައިގަންވާ ތަކެތި ދޫކުރެވޭނީ ބައްލަވައިގެންފައިވާ މުދައްލަ ދައްކަވަންޖެހޭ ފައިސާ މި ކައުންސިލަށް ޖަމާކޮށްދެއްވުމުންކަމުގައި ދަންނަވަމެވެ.

ނީލަމުން ބައްލަވައިގަންވާ ތަކެތީގެ އަގަށްވާ ފައިސާ 30 އޯގަސްޓް 2024  ވާ ހުކުރު ދުވަހުގެ 16:00ގެ ކުރިން މިކައުންސލްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

އެކައުންޓް ނަން ( 01 REVENUE  1425

އެކައުންޓް ނަންބަރ 7723700407001

ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 7374441 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.

ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ދޫކުރެވޭނީ ދެންނެވިފައިވާ ތާރީޚްގައި ފައިސާދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާނަމަ، އެ މުދަލެއް އަލުން ނީލަން ކިޔޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތްތަކުން  31 އޯގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 18:00 ގެކުރިން  ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.  ނީލަމުން ނަގާ ތަކެތި ފައިސާ ދެއްކުމަށްފަހު ދެންނެވިފައިވާ މުއްދަތުގެތެރޭގައި ނުގެންގޮސް ހުރިނަމަ، އެތަކެތި ގެންދިއުމަށް އިތުރު ފުރުސަތެއް ދިނުމަކާއިނުލައި މި އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން ނައްތައިލެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

20 އޮގަސްޓް 2024
ހޯދާ