ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލެއް އަޅަން ބޭނުންވެއްޖެ
ޖުމުހޫރީ މައިދާން ކައިރީގައިހުންނަ އެން. ސީ. އައި. ޓީގެ ޑިސްޓްރިބިއުޝަން ފޮށިން ފެށިގެން މިމަދަރުސާގެ ސަރވަރ ރޫމަށް ފައިބަރ އޮޕްޓިކް ކޭބަލެއް އެޅުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް (އަމީނިއްޔާސްކޫލުގެ ކުރިމަތި/ ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް (އަމީނިއްޔާސްކޫލުގެ ކުރިމަތި/ ޗާނދަނީމަގު) ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
11 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
16 ޖޫން 2015 (އަންގާރަ) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.
15 ޝަޢުބާން 1436