ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރަޖިސްޓްރަރ

މަޤާމް

SP 3

ރޭންކް

1 (އެކެއް)

އަދަދު

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ، ދިވެހިރާއްޖެ

މަސައްކަތްކުރަންޖެހޭ ތަން

-/14،400 ރުފިޔާ

އަސާސީ މުސާރަ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

- ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %60

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ  ޝަރީޢަތުގެ  ރޮނގުން  ފުރަތަމަ  ޑިގްރީ  ހާސިލްކޮށްފައިވުމާއެކު،  ފަނޑިޔާރުކަމުގައި  ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހު ރާއްޖޭގައި މަސައްކަތްކޮށްފައިވުން. އަދި،

2- މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާޢަތުގެ މީހެއްކަމުގައިވުން. އަދި،

3- އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. އަދި،

4- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތ ރިޝްވަރުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. އަދި،

5- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން.

މަޤާމުގެ ޝަރުޠު

1-  ދެކުނުގެ ހައިކޯޓަށް ހުށަހެޅޭ މަސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.

2- ދެކުނުގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތަށްކަން ކަށަވަރުކުރުން. މިގޮތުން ބަލާބެލުމުން، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ޤަވާޢިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް އެ ޤަވާޢިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ އެ ލިޔުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.

3- ބަލައިނުގަނެވޭ ބާވަތުގެ މައްސަލަތަކުގައި ސަބަބު ބަޔާންކޮށް، ލިޔުމުން ޖަވާބުދީ، އެ ޖަވާބުދެވުނު ސަބަބު، މައްސަލަ ހުށަހެޅި ފަރާތަށް އިތުރަށް ސާފުކޮށްދިނުން.

4- ރެޖިސްޓްރޭޝަން ފީ ދެއްކުމަށް ލިޔުމުން އެންގުން.

5- ދެކުނު ހައިކޯޓުގެ ފުރަތަމަ މަރުޙަލާގެ ރަޖިސްޓްރީއާއި މައްސަލަތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން.

6- ދެކުނުގެ ހައިކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާޢިޢުކުރުން.

7- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ދެޚަޞްމުންކުރެ ޚަޞްމެއްގެ އެދުމުގެމަތިން، އެ ފަރާތުގެ ވަކީލު ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

8- މަދަނީ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި އަންނަ ފަރާތެއް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސުން.

9- ދެކުނުގެ ހައިކޯޓަށް ހުށަހެޅި ސެކްޝަންތަކަށް ފޮނުވިފައިނުވާ މައްސަލައަކާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މުޢާމަލާތްކުރުން.

10- ދެކުނުގެ ހައިކޯޓުގެ ޤަވާޢިދުން ކަނޑައަޅާ އުސޫލަކުން ދިވެހި ކޮންމެ ފަރުދަކަށްވެސް ހައިކޯޓުގެ ޚިދުމަތް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ޒަމާނީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

11- ސެކްޝަނުގެ އެންޓްރީ ބަލައިގަތުމާއި، ފިޔަވަޅު އެޅުން. މިގޮތުން ސެކްޝަނަށް ލިބޭ ލިޔުންތަކާއި، ޖަވާބުދެވުނު ލިޔުންތަކާއި، ޖަވާބުނުދެވި ހުރި ލިޔުންތަކުގެ މަޢުލޫމާތު ހިމެނޭގޮތުން ޝީޓެއް ތައްޔާރުކޮށް އިސްފަނޑިޔާރަށް ހުށަހެޅުން.

12- ސެކްޝަނުން ކުރީދުވަހު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޔައުމިއްޔާ ލިޔުން.

13- ފައިލިންގ ސިސްޓަމާޢި، ސެކްޝަނުގެ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން.

14- މައްސަލަތަކާ ގުޅިގެން ހައިކޯޓަށް ހުށަހަޅާ ރެޖިސްޓްރޭޝަނުން ޖަވާބުދޭންޖެހޭ ސިޓީތަކަށް، އިސްފަނޑިޔާރުގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކުރުން.

15- ސެކްޝަނުގެ މަސައްކަތާ ގުޅިގެން ސެކްޝަންތަކުން ގެންނަ ލިޔުންތަކުގައި ސޮއިކުރުން.

16- ވަކީލުންގެ ދަފްތަރެއް ހަދައި، ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ތައްޔާރުކުރުމާއި، އެ ދަފްތަރު ބެލެހެއްޓުން.

17- ރެޖިސްޓޭޝަންގެ ދަށުގައިވާ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅިގެން އިރުޝާދުދީ އެހީތެރިވުން.

18- ދެކުނުގެ ހައިކޯޓުގެ ނިންމުންތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން.

19- ދެކުނުގެ ހައިކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން މައްސަލަތަކުގެ އިބްތިދާޢީ ބައްދަލުވުން ބޭއްވުން.

20- އިސްވެ ބަޔާންވި، ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މަސްޢޫލިއްޔަތު

1- ވަޒީފާއަށް އެދޭ ފޯމު

2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ ކޮޕީ)

4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

5- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭކަމުގެ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަން، މުސާރަ އެނގޭގޮތަށް)

6- ބޮންޑެއް އޮތް ފަރާތެއްނަމަ، ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމް

LS 2

ރޭންކް

1 (އެކެއް)

އަދަދު

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ، ދިވެހިރާއްޖެ

މަސައްކަތްކުރަންޖެހޭ ތަން

-/9412 ރުފިޔާ

އަސާސީ މުސާރަ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850 ރުފިޔާ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

- ހަމަޖެހިފައިވާ އުޞޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %60

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠު

1-  މައްސަލަތަކަށް ބޭނުންވާ ލިޔުންތައް، ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ފުރިހަމަކުރުން.

2- އިނގިރޭސިބަހުން ލިޔެފައި ހުންނަ ޓެކްނިކަލް ޑޮކިއުމެންޓުތަކާއި، ކޮންޕްލެކްސް ޑޮކިއުމެންޓުތައް، ކޯޓުގެ ބޭނުންތަކަށް ތަރުޖަމާކުރުން.

3- އަލަށް ހެދޭ ޤާނޫނުތަކާއި ޑްރާފްޓް ބިލްތަކުގައި ހުރެދާނެ ލީގަލް އިޝޫތައް ފާހަގަކޮށް، އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހެޅޭ ހިނދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ދިރާސާތައް ކުރުން.

4- މަދަނީ މައްސަލަތަކުގައި ނަގައިދެވޭ ބަދަލު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން.

5- ޤަޟިއްޔާތަކަށާއި، އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން.

6- މައްސަލަތައް ދިރާސާކުރުމާއި، ޤާނޫނުތައް ދިރާސާކުރުން.

7- ޙުކުމްތަކާއި ކޯޓު އަމުރުތައް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

8- ޕްރިޓްރަޔަލް ކަންކަމުގައި ފަނޑިޔާރުގެ ސެކްޝަނުން ކުރަންޖެހޭ ކަންތައްތަކުގެ އިންތިޒާމް ހަމަޖެއްސުން.

9- މައްސަލަތައް ނިމުނުގޮތުގެ ރިޕޯޓު އެކުލަވައިލުމުގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމުގެ މަސްޢޫލިއްޔަތު

ކޯޓް މާސްޓަރ

މަޤާމް

GS4

ރޭންކް

1 (އެކެއް)

ބޭނުންވާ އަދަދު

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ، ދިވެހިރާއްޖެ

މަސައްކަތް ކުރަންޖެހޭ ތަން

-/5020 ރުފިޔާ

މުސާރަ

ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އާއި،  ރިސްކު އެލަވަންސް -/3000 (ތިންހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.

މި މަޤާމަށް ލިބޭ އެލަވަންސް

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން  އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، GS3 ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އަސާސީ ޝަރުޠު

1- ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް މުޢާމަލާތްކުރަން އެނގުން.

2-އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ  މީހަކު  ކަމުގައިނުވުމާއެކު،  އަދި  އެހެނިހެން  ކުށެއްގައި  ޙުކުމެއް  ކޮށްފައިވާނަމަ  އެ  ޙުކުމެއް ތަންފީޒުކުރިތާ 7 އަހަރުދުވަސް ވެފައިވުން.

3- އުމުރުން 18 އަހަރު ފުރި، 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.

4- ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

5- ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން.

6-  ފިރިހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުން. އަންހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް ހުރުން.

އެހެނިހެން ޝަރުޠު

1- ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން.

2- ކޯޓުރޫމްގެ ސެކިއުރިޓީއާއި އިންތިޒާމްތައް ބެލެހެއްޓުން.

3- ކޯޓުން ކަނޑައަޅާ ސެކިއުރިޓީއާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

GS3

ރޭންކް

3 (ތިނެއް)

ބޭނުންވާ އަދަދު

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ، ދިވެހިރާއްޖެ

މަސައްކަތް ކުރަންޖެހޭ ތަން

-/4465 ރުފިޔާ

މުސާރަ

ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އާއި،  ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން  އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

އަސާސީ ޝަރުޠު

- މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ކުރުން.

- ކޯޓުން އެއްކުރަންޖެހޭ އެންމެހައި ތަފާސްހިސާބުތައް އެއްކޮށް، ފޯމެޓަށް އެޅުން.

- ކައުންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

- ކޯޓަށް އަންނަ ލިޔެކިޔުންތަށް އެންޓްރީކޮށް ސެކްޝަންތަކާއި ހަމަޔަށް ފޯރުކޮށްދިނުން.

- ރެކޯޑްތައް ބެލެހެއްޓުން.

- ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

- ކޯޓުގެ ފަނޑިޔާރުން ކުރައްވާ ދަތުރުފުޅުތަކާއި ބައިވެރިވަޑައިގަންނަވާ މުނާސަބަތުތަކާ ގުޅިގެން ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

- ކޯޓުގެ މުވައްޒަފުންގެ ތެރެއިން ޗުއްޓީއާއި ސަލާމުގައި ތިބޭ މުވައްޒަފުންގެ މަޢުލޫމާތާއި، ކޯޓުގެ މުވައްޒަފުންގެ ޕަރފޯމަންސް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ކޯޓް އޮފިސަރ

މަޤާމް

GS3

ރޭންކް

1 (އެކެއް)

ބޭނުންވާ އަދަދު

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ، ދިވެހިރާއްޖެ

މަސައްކަތް ކުރަންޖެހޭ ތަން

-/4465 ރުފިޔާ

މުސާރަ

ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އާއި،  ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ.

މި މަޤާމަށް ލިބޭ އެލަވަންސް

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން  އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

އަސާސީ ޝަރުޠު

1- ކޯޓަށް ބޭނުންވާ ސަލާމަތީ އެންމެހައި ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް ދުވަހުން ދުވަހަށް ޝަރީޢަތްތަކާބެހޭ މައުލޫމާތު ދިނުމާއި، އިތުރަށް ބޭނުންވާނެ ސަލާމަތީ ކަންތައްތަކަކީ ކޮބައިކަން އެފަރާތްތަކަށް އެންގުން.

2- ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.

3- މައްސަލައިގެ ގަޑިޖެހުމުގެ ކުރިން، އެދުވަހުގެ މައްސަލަ ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިފައިވޭތޯ ބެލުން.

4- މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ މީހުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

5- ޝަރީޢަތް ހިންގުމައްޓަކައި ހާޒިރުކުރަންޖެހޭ މީހުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމާއި، ޝަރީޢަތް ހިންގުމަށް ބޭނުންވާ ހުރިހާ ލިޔުންތައް ހަމަޔަށް ވެއްދުން.

6- ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައި، މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައް ކުރުން.

7- ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ބަޔާންތައް ޓައިޕްކޮށް، މައްސަލައިގައި ހިމެނޭ ފަރާތްތައް ލައްވާ އެ ބަޔާންތަކުގައި ސޮއިކުރުވުން.

8- މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ އަމުރުތައް ޑްރާފްޓްކުރުމާއި، އެދަފަ އަމުރުތައް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

9- ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ދަޢުވާ ލިބޭ ފަރާތްތަކަށް ޖަވާބު ފޯމު ފޮނުވުމާއި، މައްސަލައާގުޅޭ ލިޔުންތައް ބެލެހެއްޓުން.

10- ކޯޓު ހުޅުވައި ލެއްޕުމާއި، ޑިއުޓީ ޓޭބަލްގައިވާގޮތަށް ޑިއުޓީގައި ހުރުން.

11- މައްސަލައިގެ ގަޑިޖެހުމުގެ ކުރިން އެ ދުވަހުގެ މައްސަލަ ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިފައިވޭތޯ ބެލުން.

12- ސެކްޝަނަށް އަންނަ ލިޔުންތަކާއި، ސެކްޝަނުން ފޮނުވާ ލިޔުންތަކުގެ ފައިލް ތައްޔާރުކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

އޮފީސް އެސިސްޓެންޓް

މަޤާމް

SS2

ރޭންކް

1 (އެކެއް)

ބޭނުންވާ އަދަދު

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ، ދިވެހިރާއްޖެ

މަސައްކަތް ކުރަންޖެހޭ ތަން

-/3470 ރުފިޔާ

މުސާރަ

ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އާއި،  ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ.

މި މަޤާމަށް ލިބޭ އެލަވަންސް

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތަށް ބޭނުންވާ ތަމްރީނެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، SS1 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އަސާސީ ޝަރުޠު

- ކޯޓު ހުޅުވައި ލެއްޕުމުގެ ތާވަލުގައިވާ ގޮތުގެ މަތިން ހުޅުވައިދިނުމާއި، ކޯޓު ބަންދުކުރަންޖެހޭ ގަޑިއަށް ކޯޓު ބަންދުކުރުން.

- ކޯޓުގެ އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ލިޔުމާއި، އެކިއެކި ތަކެތި އެތަންތަނަށް ގެންގޮސް ރައްދުކޮށްދިނުން.

- ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް، ރައްދުކުރަންޖެހޭ ތާރީޚުގައި، ރައްދުކުރަންޖެހޭ ގަޑިއަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުން.

- ކޯޓުގެ ބޭނުމަށް ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުމާއި، ސްޓޮކަށް ހޯދޭތަކެތި ސޮޓޮކްގައި ރީތިކޮށް އަތުރައިދިނުމާއި، އޮފީހުގެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ޙާލަތްތަކުގައި އެ ތަކެތި ރައްކާތެރިކަމާއެކު ގެންގޮސްދިނުން.

- ކޯޓުން ނިންމަވާ މައްސަލަތަކާ ގުޅިގެން ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަނަށް ހަވާލުކުރަންޖެހޭ މީހުން ރައްކާތެރިކަމާއެކު ހަވާލުކޮށްދިނުން.

- ކޯޓުގެ ވެހިކަލްތައް ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މަސައްކަތު

މަޤާމް

SS1

ރޭންކް

1 (އެކެއް)

ބޭނުންވާ އަދަދު

ދެކުނުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގޮފި / ސ. މީދޫ، ދިވެހިރާއްޖެ

މަސައްކަތް ކުރަންޖެހޭ ތަން

-/3100 ރުފިޔާ

މުސާރަ

ލިވިންގ އެލަވަންސް މަހަކު -/2850 (ދެހާސް އަށްސަތޭކަ ފަންސާސްރުފިޔާ) އާއި، ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އާއި،  ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ.

މި މަޤާމަށް ލިބޭ އެލަވަންސް

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

އަސާސީ ޝަރުޠު

1- އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހައި ސާފުކުރުން.

2- ފާޚާނާތައް ސާފުކުރުން.

3- މުޅި އިމާރާތުގެ އެތެރޭގެ ހުރިހާ ކާޕެޓްތައް ސާފުކޮށް، މުށިޖަހާފައިވާ ސަރަހައްދުގައި މޮޕްއަޅައި، ދޮވެ ސާފުކުރުން.

4- ކޯޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި ތައްޔާރުކުރުން.

5- ސައިކޮޓަރީގައި ހިފާގެންގުޅޭ ހުރިހާ ތަކެއްޗެއް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އޮފީހުގެ މޭޒުތައްމަތީ ގެންގުޅޭ ތަށި ފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ސާފުކުރުން.

6- އޮފީހުގެ ވެރިންގެ ކޮޓުރިކޮޅަށް ބޯފެން ގެންގޮސްދިނުން.

7- ސައި ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، އޮފީހުން ޚަރަދުކޮށްގެން ގަންނަންޖެހޭ ތަކެތި ގަނެދިނުމުގައި އެހީތެރިވުން.

8- އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީ ގަޑީގައި އޮފީސް ބެލެހެއްޓުމައްޓަކައި ޑިއުޓީއަށް ހާޒިރުވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- މޯލްޑިވްސް  ކޮލިފިކޭޝަން  އޮތޯރިޓީން  އެކްރެޑިޓްކޮށް، އަސްލާ  އެއްގޮތްކަމަށް  ތައްގަނޑު  ޖަހާފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު، ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

5- ކޯޓު މާސްޓަރގެ މަޤާމަށާއި، އޮފީސް އެސިސްޓަންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

- މަތީގައިވާ މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2015 ޖޫން 22 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ސ.ހު ޅުދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުން އެދެމެވެ.

- ސ. މީދޫއާއި ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދޭ  ފޯމު  ހުށަހަޅާ  ފަރާތްތަކުން  ހުށަހަޅާނީ،  ޑިޕާޓްމަންޓް  އޮފް  ޖުޑީޝަލް  އެޑްމިނިސްޓްރޭޝަންގެ  ވަޒީފާއަށް އެދޭ ފޯމެވެ. މި ފޯމު ލިބެންހުންނާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް (www.judiciary.gov.mv)  އިންނާއި، ސ. މީދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

- ދިވެހިރާއްޖޭގެ  ސުޕްރީމް  ކޯޓަށް  ވަޒީފާއަށް  އެދޭ  ފޯމު  ހުށަހަޅާ  ފަރާތްތަކުން  ހުށަހަޅާނީ،   ދިވެހިރާއްޖޭގެ ސުޕްރީމް  ކޯޓުގެ  ވަޒީފާއަށް  އެދޭ  ފޯމެވެ.  މި  ފޯމު  ލިބެން  ހުންނާނީ،  ދިވެހިރާއްޖޭގެ  ސުޕްރީމް  ކޯޓުގެ ވެބްސައިޓް (www.supremecourt.gov.mv) އިންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކައުންޓަރުންނެވެ.

ސުންގަޑި

1- މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން  ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ މިންވަރެއްގެ މައްޗަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތަކަށާއި، ސ. ހުޅުދޫއާއި ސ. މީދޫގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3. މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ދުވަސް، ފަހުން އަންގާނެއެވެ.

އިތުރު މަޢުލޫމާތު

  14 ޝަޢުބާން 1436
01 ޖޫން 2015
ހޯދާ