ދިވެހިރާއްޖެ
މި އިދާރާގައި އިރުގެ ހަކަތައިން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުން |
2024 އޮގަސްޓު 28 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ މައުލޫމާތު ހުށަހަޅުއްވާ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެއެވެ. |
ބީލަން ހުށަހެޅުން |
2024 ސެޕްޓެންބަރު 03 ވަނަ ދުވަހު 13:00 ގައި. |
ބީލަން ހުޅުވުން |
2024 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 13:05 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.