ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގައި ހުންނަ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢްޡަމްގެ މިހުރާބުގެ ބައި (ކާޕެޓް އެޅިބައި) ފިނިކުރުމަށް ބޭނުންވާތީ، ޚާއްޞަ ވައްތަރެއްގެ ފަންކާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު IUL)142-E1/1/2015/75) ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ސެޝަނަށް ހާޒިރުވީ އެންމެ ދެފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 07 ޖޫން 2015 ވާ އާދީއްތަަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020261 އަށެވެ.
16 ޝަޢުބާން 1436