މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ބައުވެގެންނަގާފައިވާ ރޮސްޓްރަމް ގެގަނޑު ނީލަން ކިޔުމާއި ގުޅޭ

މ.މަޑުއްވަރީ ފުޓްސަލްދަނޑުގައި ހުރި ބައުވެގެންނަގާފައިވާ ދަގަނޑު (ފުޅާމިނުގައި 9 ފޫޓް ދިގުމިނުގައި 19 ފޫޓް) ރޮސްޓްރަމް ގެގަނޑު (ގެގަނޑުގައި ޖަހާފައިވާ ޓިނާއި އެކު) ނީލަން ކިއުން 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހު 16:30 ގައި ފުޓްސަލްދަނޑުގައި އޮންނާނެއެވެ. ނީލަން ފެށޭ އަގަކީ 4,000/- (ހަތަރު ހާސް ރުފިޔާ) އެވެ. ނީލަން ފެށުމަށްފަހު ހުށަހެޅޭ އަގަށް އިތުރު ކުރެވޭނީ ފަހަރަކު 1,000/- (އެއް ހާސް) ރުފިޔާއަށްވުރެ ކުޑަ ނޫން އަދެދެކެވެ.

ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން އެތަކެތި ޙަވާލުކުރެވޭނީ، ނީލަމުން ނެންގެވި ތަކެތީގެ އަގު 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކައުންސިލަށް ދައްކަވާ ޚަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކާތާ 04 ގަޑި އިރުގެތެރޭ އެތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2024
ހޯދާ