ދިވެހިރާއްޖެ
ހއ.އިހަވަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާ ކޯހެއް މިރަށުގައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 02 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މައުލޫމާތާއި އެއްގޮތަށެވެ.
|
ތަން |
ދުވަސް |
ތާރީޙް |
ގަޑި |
ޕްރޮޕޯސަލް ހުށަހެޅުމާއި/ ހުޅުވުން |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
ހޯމަ |
02 ސެޕްޓެންބަރު 2024 |
13:00 |
މިކަމަށް އެދި ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި އަދި ޤާނޫނު ނަންބަރު 1/2003 ( ޖަމިއްޔާތަކާބެހޭ ޤާނޫނު ) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށްލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، " އިހަވަންދޫގައި ކުރިއަށް ގެންދާ ބޭސިކް އެންޑް އެޑްވާންސް ސެޓްފިކެޓުގެ ފަހާކޯސް ހިންގައި ދިނުމަށް އެދި" ހުށަހެޅޭޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 9126464 ނަންބަރާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.