ދިވެހިރާއްޖެ
އިޢުލާން
21 ކޮންކުރީޓް ބުޑު (މަގު ބައްތި ބުޑު) އަޅައިދޭނެ ފަރާތެއް ހޯދުން
މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް 21 ކޮންކުރީޓް ބުޑު (މަގު ބައްތި ބުޑު) އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން: |
2024 އޮގަސްޓު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުން: |
2024 އޮގަސްޓު 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮގަސްޓު 19އިން ފެށިގެން 2024 އޮގަސްޓު 27 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް https://forms.office.com/r/XAMJt3qGqXމިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
15 ޞަފަރު 1446