މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރ(IUL)306/306/2024/44 އިއުލާނަށް ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުވުމުން، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެގޮތުން، ރަސްމާދޫ ޕްރީސްކޫލްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިކައުންސިލްގެ ނަންބަރ(IUL)306/306/2024/44 އިއުލާނަށް ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުވުމުން، ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެގޮތުން، ރަސްމާދޫ ޕްރީސްކޫލްގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 އޮގަސްޓް 20 އިން 2024 އޮގަސްޓް 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ސެޕްޓެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ރަސްމާދޫ ކައުންސިލް އިދާރާ
ރ.ރަސްމާދޫ، ދިވެހިރާއްޖެ.
ފޯން: 6580049
އީ-މެއިލް: [email protected]
19 އޮގަސްޓް 2024
ހޯދާ