ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ގޮނޑު ސަރަހައްދުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުނި ގޮނޑު ސަރަހައްދުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

        މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިހާރު ބޭނުން ކުރަމުންދާ ކުނި ގޮނޑު ސަރަހައްދުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މައުލޫމާތު ސާފު ކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ.

-          މައުލޫމާތު ދިނުން: 22 އޯގަސްޓް 2024 ވަނަ ދުވަހު 13:00 ގައި

-          ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން: 25 އޯގަސްޓް 2024 ވަނަ ދުވަހު 13:00 ގައި

       އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

          ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ކުނި ގޮނޑު ސަރަހައްދުގައި ފެންސްޖެހުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

          މައުލޫމާތު ދިނުމާއި ބީލަން ހުށަހެޅުމަށް ވެރިފަރާތް ނޫން ފަރާތަކުން ހާޒިރުވާނަމަ ވެރިފަރާތުގެ ސިޓީ އަކާއިއެކު ހާޒިރުވުމަށް އެދެމެވެ. އެހެންނޫނީ މައުލޫމާތާއި ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

  1. އަގު: %70 (އަގަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ. ޖީއެސްޓީ ރަޖިސްޓްރީ ކޮއްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  1. މުއްދަތު: %20 މުއްދަތަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުރުމުއްދަތެއްގައި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އެންމެ މަތިން މާކުސް ލިބޭ ފަރާތްކަމުގައި ބަލައިގެންނެވެ.
  2. ފަންނީގާބިލުކަން/ތަޖުރިބާ: ފަންނީގާބިލުކަމަށް މާކުސްދިނުން: މިބަޔަށް މާކުސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން  ކޮންމެ ލިޔުމަކަށް 2 މާކުސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 10 މާކުސް

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

19 އޮގަސްޓް 2024
ހޯދާ