ދިވެހިރާއްޖެ
ރ. އަތޮޅުގެ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކުގައި ބޭނުންކުރުމަށް ކުއިކްބުކްސް ޕްރޯ 2015 ގަތުން.
ރ. އަތޮޅުގެ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މި ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ ކައުންސިލްތަކުގައި ބޭނުންކުރުމަށް ކުއިކްބުކްސް ޕްރޯ 2015 ސޮފްޓްވެއަރ ވިއްކާ އިންސްޓޯލްކޮށް ސޮފްޓްވެއަރ ބޭނުންކުރާނެގޮތުގެ ތަމްރީނު ކައުންސިލްތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ކައުންސިލުން ކުރި ނަންބަރު IUL)229-AHI/229/2015/22)ފ(12 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އަގު ހުށަހަޅުއްވާފައިވާ ފަރާތްތަކުން ހުށަހެޅުއްވި އަގުތައް ބޮޑުކަމަށް ފެންނާތީ، އެބިޑުތައް ބާޠިލުކޮށް، އަލުން ރ. އަތޮޅުގެ ކައުންސިލްތަކުގައި ބޭނުންކުރުމަށް ކުއިކްބުކްސް ޕްރޯ 2015 ސޮފްޓްވެއަރ ވިއްކާ އިންސްޓޯލްކޮށް، އެބޭނުންކުރާނެގޮތުގެ ތަމްރީނު ކައުންސިލްތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
13 ޝަޢުބާން 1436