މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އުފުލަންދޫން ކުލީ ބިން ދޫކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2024/08

ރ. އުފުލަންދޫގައި ދަނޑުވެރިކަން ކުރުމާއި ނަޢަމްސޫފި ހުއިހައްޕަން ބޭނުންވާ، ރ.މަޑުއްވަރީގެ ރައްޔިތުންނަށް ބިން ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމް ފުރުއްވައި 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރ. އުފުލަންދޫން ކުލީބިމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރައްވާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މުޙިއްމު ނުކުތާތައް

  1. ގެރިބަކަރި އަދި ނަޢަމްސޫފި ފަދަ ތަކެތި ގެންގުޅުމަށް ކުއްޔަށް ދޫކުރާނީ ބޮޑުވެގެން 3000 (ތިންހާސް) އަކަފޫޓެވެ.
  2. ދަނޑުގޮވާންކުރުމަށް ކުއްޔަށް ދޫކުރާނީ ބޮޑުވެގެން 4000 (ހަތަރުހާސް) އަކަފޫޓެވެ.
  3. އުފުލަންދޫން ދޫކުރާ ބިންތަކުގެ އަގަކީ އަކަފޫޓަކަށް 10/- (ދިހަ ލާރި) އެވެ.
  4. ދަނޑުބިން ދޫކުރާނީ ގިނަވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
  5. މި އިޢުލާނާއި ގުޅިގެން ޝައުޤުވެރިކަން ފައުޅުކޮށް ބިމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ނިޞްބަތް ބިމުގެ ނިސްބަތަށްވުރެ އިތުރުނަމަ، ބިން ކުއްޔަށް ދޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުން ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
  6. ރ. އުފުލަންދޫ ބެލެހެއްޓުމާއި ބިން ދޫކުރުމުގެ އުސޫލު މި އިޢުލާނާއިއެކު އެއްހީރަސްކޮށްފައިވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 އޮގަސްޓް 2024
ހޯދާ