ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
ސެކިއުރިޓީ ސްޕަވައިޒަރ
|
ވަޒީފާގެ ދާއިރާ:
|
ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/9,020ރ އާއި -/16,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ފަޔަރ ސޭފްޓީގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- އަލިފާނުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމުތައް ފަރުމާކުރުމާއި، ޤާއިމްކުރުމާއި ސާވިސްކުރުމުގެ މަސައްކަތުގައި މަދުވެގެން 01 (އެކެއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އަދި ފަޔަރ ސޭފްޓީގެ ދާއިރާއިންނާއި ފަޔަރ ފައިޓިންގެ ދާއިރާއިން ޕްރޮފެޝަނަލް ގޮތެއްގައި ޢަމަލީ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގެ ސައިޓްތަކާއި އެސެޓްތައް ޕީރިއަޑިކަލީ (ކަނޑައަޅާ މުއްދަތެއްގައި، ގަވާއިދުން) ޗެކްކޮށް، ޤާއިމްކޮށްފައިވާ އަލިފާނުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން އަދި އެކަން ކުރެވިދާނެ އެންމެ ރަނގަޅުގޮތުގެ ލަފާ ކުންފުންޏަށް އެރުވުން.
- ކުންފުނީގެ ސައިޓްތަކާއި އެސެޓްތަކުގެ ރައްކާތެރިކަމަށް ޤާއިމްކުރަންޖެހޭ އެންމެހާ އަލިފާނުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމްތައް ދެނެގަނެ، އެފަދަ އާލާތްތަކާއި ނިޒާމްތައް ދިރާސާކޮށް، ކުންފުންޏައް އެކަމާއިގުޅޭ ލަފާއެރުވުން.
- ކުންފުނީގެ ފަރާތުން ތައްޔާރުކުރަންޖެހޭ ފަޔަރ ސޭފްޓީ ކުރެހުންތައް ތައްޔާރުކުރުމާއި، ކަމާއިބެހޭފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުން.
- ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުން، ކުންފުނީގައި ޤާއިމްކޮށްފައިވާ އަލިފާނުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމްތަކަށް އަހުލުވެރިކުރުމުގެ މަސައްކަތް ކުރުން.
- ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިންގަންޖެހޭ ފަޔަރ އެވެއަރނަސް ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކުންފުނީގެ ސައިޓްތަކުގައި ހިންގަންޖެހޭ އިވަކުއޭޝަން ޑްރިލްތައް ހިންގުން.
- ކުންފުނީގެ ސައިޓްތަކުގައި ތައްޔާރުކުރަންޖެހޭ ފަޔަރ އިވަކުއޭޝަން ޕްލޭން އަދި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް، އެޕްލޭންގައި ކަނޑައަޅާފައިވާ މުއްދަތުތަކުގައި ހިންގަންޖެހޭ ކަންކަން ތަންފީޒުކުރުވުން.
- ފަޔަރ އިވަކުއޭޝަން ޕްލޭން އަދި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ގަވައިދުން ރިވިއުކުރުން.
- ކުންފުންޏަށް ފަޔަރ ސޭފްޓީ ދާއިރާއިން ބޭނުންވާ ކޮންސަލްޓަންސީ ފޯރުކޮށްދިނުން
- ކުންފުނީގެ ފަޔަރ ބްރިގޭޑް ލީޑުކޮށް ހިންގުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
22 އޮގަސްޓު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 22 އޮގަސްޓު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
15 ޞަފަރު 1446
19 އޮގަސްޓު 2024
|