ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މަރާމާތުކުރަން ގެނެސް ނުގެންގޮސް ހުރި ތަކެތި

                  އެސްޓީއޯ ސަރވިސް ސެންޓަރަށް 21 އޮގަސްޓް 2023 އިން 23 މާރޗް 2024 ގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރަން ގެނެސް، އަނބުރާ ނުގެންގޮސް މިތަނުގައި ބެހެއްޓިފައިވާ ތަކެތި އޭގެ ވެރިފަރާތުން 01 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ކުރިން އެސް.ޓީ.އޯ ސަރވިސް ސެންޓަރަށް ދުރުވެ ތަކެއްޗާ ޙަވާލުވެލެއްވުން އެދެމެވެ. މިތާރީހުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތައިލެވޭނެ ވާހަކަ ދެންނެވީމެވެ.

                  މިތަކެއްޗާއި ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސަރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7980240 އާ ގުޅުއްވުން އެދެމެވެ.

19 އޮގަސްޓް 2024
ހޯދާ