ދިވެހިރާއްޖެ
ރ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރ.އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ ހޭންޑްބޯލް މުބާރާތުގައި ދުވާފަރު ތަމްސީލުކުރާ ޓީމަށް ކުޅުންތެރިން ނެގުމަށް މި އިދާރާއިންކޮށްފައިވާ އިޢުލާނުގެ މުއްދަތު އިތުރުކުރުމަށްފަހު އިޢުލާންކުރީމެވެ. އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މި އިދާރާއަށް ފޯރމް ހުށައެޅުމަށް ދަންނަވަމެވެ. މި ކަމަށް އެދި ހުށައަޅާ ފޯރމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. މި މުބާރާތާކީ ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މުބާރާތެއްކަން މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.
ބައިވެރިވެވޭނެ ފަރާތްތައް
- ދުވާފަރަށް/ ކަނދޮޅުދޫ އަށް ރަޖިސްޓްރީވެފައިވުން
- ބައިވެރިވާން އެދޭ ފަރާތުގެ މަންމަ ނުވަތަ ބައްޕަ ދުވާފަރު/ ކަނދޮޅުދޫއަށް ރަޖިސްޓްރީގައި އޮތުން
- ބައިވެރިވާން އެދޭ ފަރާތަކީ ދުވާފަރު މީހަކާ ކައިވެނިކޮށްގެން އުޅުން.
- ދުވާފަރުގައި ދިރިއުޅޭތާ މަދުވެގެން 06 މަސް ދުވަސްވެފައިވުން
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
14 ޞަފަރް 1445
18 އޮގަސްޓް 2024