ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އިދާރާއިން ދޭ ޑިޒައިން އަދި ސްޕެސިފިކޭޝަނާ އެއްގޮތަށް، ޓެމްޕާޑް ގްލާސް އަދި އެސް.އެސް ދަގަނޑު ބޭނުން ކޮށްގެން ފެންސް ވޯލެއް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްގެން ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

        މި އިދާރާއިން ދޭ ޑިޒައިން އަދި ސްޕެސިފިކޭޝަނާ އެއްގޮތަށް، ޓެމްޕާޑް ގްލާސް އަދި އެސް.އެސް ދަނގަނޑު ބޭނުން ކޮށްގެން ފެންސް ވޯލެއް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްގެން ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

https://forms.office.com/r/Bx2mdhMvuj

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 26 އޮގަސްޓް   2024 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިންނެވެ.

ޕްރީބިޑް މީޓިން އަދި ބީލަމާގުޅޭ މަޢުލޫމާތު ފޮނުވުން

ޕްރީބިޑް މީޓީންގ އޮންނާނީ 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި،

ޕްރީބިޑު މީޓިންގ އަށް ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

11 ސެޕްޓެމްބަރު 2024 ވާ ބުދަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި. 

 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށް ޕްރީބިޑް މީޓިންއަށް ހާޒިރުވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

18 އޮގަސްޓް 2024
ހޯދާ