ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން
ސޯލާ އިމާރާތުގެ ދެކުނުން ޣާޒީމަގާ ހަމައަށް މަގެއް ހެދުމަށް އެސަރަހައްދުގައި 1 އިން 18 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ކުރި ނަންބަރު (IUL)387/387/2024/29 އަދި (IUL)387/387/2024/20 އިއުލާނާ ގުޅިގެން އެއްވެސްފަރާތަކުން މައުލޫމާތު ހިއްސާކޮށްފައި ނުވާތީ އަލުން މި ރުއްގަހުގެ ވެރިން ހޯދަން އިއުލާނުކުރަމެވެ.
ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 25 އޮގަސްޓް 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށްފައި ނުވާނަމަ، އެބިމުގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ނެތީކަމުގައި ބެލެވޭނެ ވާހަކަވެސް ދަންނަވަމެވެ.
14 ސަފަރު 1446