މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަންކިޔުމާގުޅޭ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)28-AD-2/1/2024/85 އިޢުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ކަލާސީންކޮށި/ ހުޅުމާލެ
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2024 އޮގަސްޓް 29 ވަނަ ދުވަހުގެ 09:55 ގައި
- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9505090, 9633858
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 އޮގަސްޓް 2024
ހޯދާ