ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް- މެޕް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.
މަޤާމް: |
އެގްރިކަލްޗަރ ފީލްޑް އޮފިސަރ |
|
މުއްދަތު: |
ކޮންޓްރެކްޓް (1 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކެޓް އާކުރެވޭނެ |
|
ބޭނުންވާ ޢަދަދު: |
1 |
|
މުސާރާ: |
12،000.00 ރުފިޔާ |
|
މަސައްކަތް ކުރަންޖެހޭ ތަން: |
|
|
މަޤާމުގެ ޝަރުތު:
|
އޯލެވެލް ނިންމާފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާ އަކުން މަދުވެގެން 1 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން |
މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.
މިވަޒީފާއަށް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "އިންޑިވިޖުއަލް ކޮންސަލްޓަންޓް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.
ޝޯޓްލިސްޓްކުރެވޭ ކްރިޓީރިއާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ޓެމްޕްލޭޓްގެ އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ. މިމަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި،މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބެލުމަށްފަހުއެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 27 އޮގަސްޓު 2024 ވަނަ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ސީވީ ހުށަހަޅުއްވައިގެންނެވެ.
14 ޞަފަރު 1446
18 އޮގަސްޓު 2024
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު
މާލެ، ދިވެހިރާއްޖެ
ފޯން: 3033400
އީމެއިލް: [email protected]