ދިވެހިރާއްޖެ
ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން މިއަހަރު ކުރިއަށްގެންދަން ހަމަޖެހިފައިވާ ސައުތް އޭޝިއަން ގައުމުތަކުގެ ސަޤާފަތާއި ތަރިކައާއި ގުޅޭ، “Rushes, Reed, Natural Fiber” ގެ ޒަރިއްޔާއިން އުފައްދާ އުފެއްދުންތަކަށް ހާއްސަކޮށް ޕްރޮޑިއުސްކުރުމަށް ހަމަޖެހިފައިވާ ޑޮކިއުމެންޓޭޝަން ޕްރޮޑިއުސް އަދި ޑައިރެކްޓްކުރުމުގައި ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.
މި ޑޮކިއުމެންޓޭޝަންގެ މަޤްސަދަކީ ސައުތް އޭޝީއާގެ ޤައުމުތަކުގެ ސަޤާފަތްތަކާއި، އަތްތެރި މަސައްކަތާއި ފަންނުވެރިކަމުގެ މަސައްކަތް، އާދަކާދަތަކާއި އަދި އިހުޒަމާނުގައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔަގޮތް ބެލުންތެރިންނަށް ދައްކުވައިދީ އަދި ބެލުންތެރިން މިފަދަ މައުޟޫތަކަށް ޝައުގުވެރިކުރުމެވެ.
ވީމާ، ޑޮކިއުމެންޓޭޝަން ޕްރޮޑިއުސް އަދި ޑައިރެކްޓްކުރުމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރަށް ސީވީ އަދި ސަޕޯޓިންގ ޑޮކިއުމެންޓްސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި ޑޮކިއުމެންޓޭޝަންގެ ކޮންސެޕްޓް ނޯޓް އަދި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މައުލޫމާތަށްޓަކައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.