މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ލޯންޗު ތަކުގައި ބޭނުންކޮށްފައިހުރި އައުޓްބޯޑު 6 އިންޖީނާއި އެއާ ގުޅޭ ތަކެތި ނީލަމުގައި ވިއްކާލުން

މި ސަރވިސްގެ ލޯންޗްތަކުގައި ބޭނުންކޮށްފައިހުރި ޔަމަހާ އައުޓްބޯޑު 6 އިންޖީނާއި އެއާ ގުޅޭ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)167-AD/167/2024/37 އިޢުލާނާ ގުޅިގެން 22-07-2024 ގައި ބޭއްވުނު ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ދައްކަވާފައި ނުވާތީ، އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާންކުރީމެވެ. ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކަވާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.
މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި އެވަނީއެވެ.
1- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: މާލެ ޖަލު
2- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 27 އޮގަސްޓް 2024 ވަނަ ދުވަހުގެ 11:00 ގައި.
3- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
4- ނީލަންފެށޭ އަގު: މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
5- ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ އަގު: -/500ރ. (ފައްސަތޭކަ ރުފިޔާ)
6- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9762256

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު އެ މުއްދަތުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.
ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޮގަސްޓް 2024
ހޯދާ