މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ފަރާތްތަކާއި ބައްދަލުކުރުމާ ގުޅޭ

            ނަންބަރު: (IUL)10-H/10/2024/89

އިޢުލާން

ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ފަރާތްތަކާއި ބައްދަލުކުރުމާ ގުޅޭ

           

                 ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތައް ދޫކުރުމަށް ބޭނުންކުރާ "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި އަދި "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ޚާއްޞަކޮށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރުގެ ބައްދަލުވުމެއް 2024 އޮގަސްޓު 20 ވާ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

      އެހެންކަމުން، މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުވާ ވަޒީފާދޭ ފަރާތްތަކާއި، ސިސްޓަމް ބޭނުންކުރާ އެހެނިހެން ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމު 2024 އޮގަސްޓު 19 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން އެދެމެވެ.  

https://forms.office.com/r/D35whaNupv   ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާތަނާއި ގަޑި، ބައިވެރިވާ ފަރާތްތަކަށް ވަކިން އެންގޭނެ ކަމުގައި ދެންނެވީމެވެ.    

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

     

‏13‏ ޞަފަރު‏ 1446

 ‏17‏ އޮގަސްޓު‏ 2024

 

 

17 އޮގަސްޓް 2024
ހޯދާ