ދިވެހިރާއްޖެ
ނަންބަރު: (IUL)10-H/10/2024/88
އިޢުލާން
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކާއި ގުޅޭ
މި މިނިސްޓްރީގެ ނަންބަރު: (IUL)10-H/10/2024/65 (04 ޖޫން 2024) އަދި (IUL)10-DOFL/10/2024/70 (24 ޖުލައި 2024) ވަނަ ދުވަހުގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
އިޢުލާނުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ -/100,000 ރ (އެއްލައްކަ ރުފިޔާ) އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތައް، 2024 އޮގަސްޓު 12 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކާ ޚަލާސްކުރުމަށް އެންގިފައިވެއެވެ. ދެންނެވުނު އިޢުލާނުގައި ބަޔާންކުރާ ފައިސާ ދައުލަތަށް ދެއްކުމުގެ އިތުރު ފުރުޞަތެއްގެ ގޮތުން 2024 އޮގަސްޓު 31 ވަނަ ދުވަހުގެ ކުރިން، ވަޒީފާދޭ ފަރާތުން މިފައިސާ ދައުލަތަށް ދައްކާ ޚަލާސް ކުރުމަށް އަންގަމެވެ. އަދި މިތާރީޚާ ހަމައަށް ފައިސާ ދައްކާފައިވާނުވާ ވަޒީފާދޭ ފަރާތްތައް، 2024 ސެޕްޓެންބަރު 01 ވަނަ ދުވަހުން ފެށިގެން، ޤަވާއިދު ނަންބަރު: 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ޤަވާއިދު) ގެ ޖަދުވަލު 7 ގެ ދަށުން، އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑް ކުރެވި ސިސްޓަމް މެދުވެރިކޮށް ދެމުން ގެންދާ ޚިދުމަތްތައް މެދުކަނޑާލެވޭނެ ކަމުގައި ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
13 ޞަފަރު 1446
17 އޮގަސްޓު 2024