މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ބޭނުންތަކަށް ކުނި އުފުލުމަށް ތިރީގައި މިދަންނަވާ ސައިޒު އަދި އަދަދުގެ ޑަމްޕް ލޮރީ ހޯދުމާއިގުޅޭ،

  • 02 ޑަމްޕް ލޮރީ (02 ޓަން)
  • 03 ޑަމްޕް ލޮރީ (1.5 ޓަން)
  • 05 ޑަމްޕް ކުދި ޕިކަޕް (350 ކިލޯގްރާމް)

 

މާލެ ސިޓީ ކައުންސިލްގެ ބޭނުންތަކަށް ކުނި އުފުލުމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ޑަމްޕް ލޮރީ ހޯދުމަށް ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 28 ވާ ބުދަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

ނޯޓް: އަގު ހުށަހަޅުއްވާނީ 02 ޑަމްޕް ލޮރީ (02 ޓަން)، 03 ޑަމްޕް ލޮރީ (1.5 ޓަން) އަދި 05 ޑަމްޕް ކުދި ޕިކަޕް (350 ކިލޯގްރާމް) އަށް ވަކިވަކިންނެވެ. ބޭނުންފުޅުވާ ކެޓަގަރީއަކަށް އަގު ހުށަހެޅުއްވިދާނެއެވެ. އިވެލުއޭޓްކުރާނީ ކޮންމެ ބައެއް ވަކިންނެވެ.

 

15 އޮގަސްޓް 2024
ހޯދާ