ދިވެހިރާއްޖެ
އިޢުލާން
ވަޤުފުތައް އިތުރުކުރުމުގެ މަޤުޞަދުގައި ހުޅުމާލެ ފޭސް 1 ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފިނޭންސްގެ އުޞޫލުންނެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/Qnz9hrJbZ7
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2024 ސެޕްޓެންބަރު 8 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2024 ސެޕްޓެންބަރު 1 ވާ އާދިއްތަ ދުވަހުގެ 16:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ /30202863020220 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.