މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޙިމާޔަތް ކޮށްފައިވާ ނ.ކެނދިކުޅުދޫ ކުޅީގެ އިންތަކާއި މިންތައް އަދި ޒޯނޭޝަން ބަދަލުކުރުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 17 ޖޫން 2019 ގައި މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު: (IUL)438-ENV/438/2019/150 އިޢުލާނާ ހަވާލާދީ، ޙިމާޔަތްކޮށްފައިވާ ނ. ކެނދިކުޅުދޫ ކުޅީގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްސީލު 23 ޖަނަވަރީ 2020 ގައި މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު: (IUL)438-ENV/438/2020/20 އިޢުލާނުން މުރާޖަޢާކޮށްފައިވީ ހިނދު، މި ސަރަހައްދުގެ އިތުރު ތަފްސީލު ތިރީގައިވާ ގޮތަށް، 15 އޮގަސްޓް 2024 އިން ފެށިގެން މުރާޖަޢާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ގަވާއިދު ނަންބަރު: 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) ގައިވާ ގޮތުގެ މަތިންނެވެ.
15 އޮގަސްޓް 2024
ހޯދާ