މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ހަދައިދޭނެ ފަރާތެއް ހޯދަން

ކުނިކޮށި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ކުނިކޮށި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގައާއި އަންދާސީހިސާބު ހުށަހެޅުއްވުމުގައި ހާޒިރުވާ ފަރާތްތަކުގެ އައި.ޑީ.ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެފަރާތުން އައްޔަންކުރިކަމުގެ ލިޔުމެއް ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަނީ ރަޖިސްޓަރީ ކޮމްޕެނީއެއްގެ ނަމުގައިނަމަ ރަޖިސްޓަރީގެ ކޮޕީއެއް މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެވާހަކަވެސް ދެންނެވީމެވެ.

މީގެ ކުރިން މިކަމަށް ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މީގެ ކުރިންކޮށްފައިވާ ނަންބަރު 365/2015/37 ( 03 މޭ 2015 ) އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ