ދިވެހިރާއްޖެ
ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024 " ގައި ބައިވެރިވުމުގެ މުއްދަތު 05 އޮގަސްޓް 2024 ވީ ހޯމަ ދުވަހު 13:00 ގައި ހަމަވެފައިވާއިރު، މި މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމްތައް މަދުވުމުގެ ސަބަބުން އަންހެން ޑިވިޝަންގައިޓީމް ބައިވެރިކުރުމުގެ މުއްދަތު 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް ވަނީ އިތުރު ކުރެވިފައެވެ.
ވީމާ ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އަދި ގަވާއިދު މިކައުންސިލްއިން ލިބެންހުންނާނެއެވެ.
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.