ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުން، ކުޅޭސަރަޙައްދު އަވިދާ ބޭނުން ކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

  • މި ސްކޫލުގެ ދަރިވަރުން، ކުޅޭސަރަޙައްދު އަވިދާ ބޭނުން ކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަތަރުވަނަފަހަރަށް އިޢުލާން ކުރުން.

މި ސްކޫލުގެ ދަރިވަރުން، ކުޅޭސަރަހައްދު އަވިދާ ބޭނުންކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS141/MIS/2015/06 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. (100x70ފޫޓު) ގެ މިސަރަހައްދު ހިޔާކުރުމަށް ހަމަޖެހިފައިވަނީ ދަނގަޑުހޮޅިން ފްރޭމެއް ހަދައި ފްރޭމުގެ މަތިން އަވިދާ ދަމައިގެން މަސައްކަތް ފުރިހަމަކުރާގޮތަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އެމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚާއި ގަޑި

އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި

2015 ޖޫން 10ވާ ބުދަ ދުވަސް

ގަޑި 13:00

2015 ޖޫން 17 ވާ ބުދަ ދުވަސް

ގަޑި 13:00

  • އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.

13 ޝަޢުބާން 1436

31 މޭ 2015
ހޯދާ