ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރުމާއި ގުޅޭ

ހދ. ނޮޅިވަރަމު ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)264/PRIV/2024/53 (15 އޮގަސްޓް 2024) އިޢުލާންވަނީ އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވުމުގެ ސަބަބުން ބާޠިލުވެފައެވެ. ވީމާ، މިފުރުސަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަންޖެހޭނީ ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/18) އާއި ހަކަތައިގެ ޚިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވައިދު ނަންބަރު 2023/R-78) އާއި މި ގަވައިދަށް ގެނެސްފައިވާ އިޞްލާޙުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.  

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 26 އޮގަސްޓް 2024 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. ބީލަންފޮތް އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް:  https://forms.office.com/r/XBsaihnQK0

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

26 އޮގަސްޓް 2024 (ހޯމަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

27 އޮގަސްޓް 2024 (އަންގާރަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]                          

15 އޮގަސްޓް 2024
ހޯދާ