| 
 މަޤާމް: 
 | 
 ސަޕޯޓް ސަރވިސް އޮފިސަރ 02 (ފަޅުވެރި) 
 | 
| 
 ރޭންކް: 
 | 
 CS-SS2 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 އޮޕަރޭޝަނަލް ސިވިލް އޮފިސަރސް 
 | 
| 
 މުސާރަ: 
 | 
 މަހަކު 4170 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު 3500 ރުފިޔާ 
 | 
| 
 ނޮން ޕްރެކްޓިސް އެލަވަންސް:  
 | 
 މަހަކު 1876/45 ރުފިޔާ 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން: 
 | 
 މާފުށި ޖަލު 
 | 
| 
 މަޤާމުގެ ޤިންތި:  
 | 
 ދާއިމީ 
 | 
| 
 ފެންވަރު ނުވަތަ ޝަރުތު:           
 | 
 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއިޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
- ދިވެހިބަހުން ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައި ވުން.
 
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން ، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
 
- އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
 
- މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން.
 
 
 | 
| 
   
މަޤާމުގެ މަސްޢޫލިއްޔަތު: 
  
 | 
   
- އެއްތަނުން އަނެއްތަނަށް ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި، އަންގާ ގަޑިއަކަށް ފުރޭގޮތަށް ޖަލު ދޯނި ތައްޔާރުކޮށް، އެގަޑިއަކަށް ދޯނި ފުރުމުގެ އެންމެހާ ކަންކަން ކުރުން
 
- ދަތުރު މަތީގައާއި ފަޅުގައި އަޅާފައި އޮންނަ ވަގުތުތަކުގައި ޖަލު ދޯނި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދޯނީގައި ހުންނަންޖެހޭ ތަކެތި އަބަދުވެސް ހަމަކޮށް އެތަކެތި މެއިންޓެއިންކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
 
- ޖަލު ދޯނީގައި ކުރެވެންހުރި ކުދިކުދި މަރާމާތުތައްކޮށް ދޯނި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން
 
- ދަތުރަށް ފުރުމުގެ ކުރިން ދަތުރަށް ބޭނުންވާވަރަށް ތެލާއި ފެން ހުރިތޯ ޔަޤީން ކުރުމަށްފަހު، ދޯނީގެ އިންޖީނުގައި މައްސަލައެއް ހުރިތޯ ބަލައި ޗެކްކުރުން
 
- ދޯނީގެ އަޑީތެލާއި ފިލްޓަރުތައް ބަދަލުކޮށް ދޯނީގެ ފެހިކަހައި ސާފުކޮށް ބެލެހެއްޓުން
 
- އެއްތަނުން އަނެއްތަނަށް ގެންދިއުމަށްޓަކައި ދޯންޏަށް އަރުވާ މުދަލާއި ތަކެތި، އެތަކެތި ޙަވާލު ވާންޖެހޭ ފަރާތުން އެތަކެއްޗާ ޙަވާލުވުމާ ހަމަޔަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: 
 | 
- މަސައްކަތު ތަޖުރިބާ
 
- މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  
 | 
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
 
- (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
 
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
 
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
 
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
 
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
 
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
 
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
 
- ޕޮލިސް ރިޕޯޓް (ނެގިފަހުން 03 މަސް ދުވަސް ހަމަނުވާ)
 
  | 
| 
 ސުންގަޑި: 
  
 | 
-   މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 13:00 ނިޔަލަށް  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
 
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
-   ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
 
 
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
 
 
 | 
| 
 ޝޯޓް ލިސްޓްކުރުން: 
 | 
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
 
- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ތެރެއިން އިންޓަވިއު ޕެނަލްގެ އެވްރެޖް އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.
 
 
 | 
| 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް: 
  
 | 
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
 
 
 |