ދިވެހިރާއްޖެ
އިޢުލާން
ވެލިދޫކުރުން
މިރަށުގެ އިރުވައި ފަރާތުގައި ހުރި ވެލިފޫނިތަކުން ވެލި ދޫކުރުމަށާއި ވިއްކުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
އެގޮތުން ވެލި ދޫކުރުމަށް ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ.
| 
 އަލަށް ދޫކުރެވުނު 135 ގޯއްޗަށް  | 
 200 ގޯނި ވެލި ހިލޭ  | 
| 
 100 ގޯނި ވެލި 5 (ފަހެއް) ރުފިޔާގެ ރޭޓުން  | 
|
| 
 އެހެނިހެން ގޯތިތަކަށް  | 
 100 ގޯނި ވެލި ހިލޭ  | 
| 
 100 ގޯނި ވެލި 5 (ފަހެއް) ރުފިޔާގެ ރޭޓުން  | 
|
| 
 ވިޔަފާރިތަކަށް  | 
 200 ގޯނި ވެލި 20 (ވިހި) ރުފިޔާގެ ރޭޓުން  | 
އިތުރަށް ވެލި ބޭނުންވާ ފަރާތްތަކުން ވެލި ދޫކުރާތާ 30 ދުވަސް ހަމަވުމުން އިތުރު ފޯމެއް ކައުންސިލަށް ހުށަހެޅުމުން އިތުރަށް 100 ގޯނި ވެލި ފައިސާ ދެއްކުމުން ދޫކުރެވޭނެއެވެ. އަދި މިގޮތަށް ކޮންމެ 30 ދުވަހަކުން ވެލި ދޫކުރެވެމުންދާނެ ކަމަށް ދެންނެވީމެވެ.
ވީމާ، ވެލި ބޭނުންވާ ފަރާތްތަކުން މިއިދާރާގެ "ވެލި ދޫކުރުމަށް އެދޭފޯމް" ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދެންނެވީމެވެ.
