ދިވެހިރާއްޖެ
އިޢުލާން
20 އަހަރުން ދަށުގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
2024 އޮކްޓޫބަރ 6-12 އަށް ސްރީލަންކާގައި ބާއްވާ CAVA U20 Volleyball Championship – Mens ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
އެ މުބާރާތުގައި ވާދަކުރާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު 2005 ޖަނަވަރީ 1 އިން ފެށިގެން ފަހުން އުފަންވެފައިވާ ވޮލީބޯޅައަށް ޝައުގުވެރިވާ ކުދިންނަށް ހުޅުވާލަމެވެ.
ވީމާ، މި ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން، މި އޮގަސްޓްމަހުގެ 16،17،18 މި ތިން ދުވަހުގެރޭ 8:00 އިން 10:00 އަށް އޮންނަ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދަޢުވަތު ދެމެވެ.
މި ފަރިތަކުރުންތައް އޮންނާނީ "ބްލޫސް ފޮރ ޔޫތު ވޮލީބޯލް ކޯޓް" (ހޭންޑް ބޯލް ކޯޓު ކައިރީ) ގައެވެ.
މި ފަރިތަކުރުންތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 9995944 އަށް ގުޅުއްވުން އެދެމެވެ.