މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމާއިބެހޭ

 

 

އިޢުލާން

 

ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމާއިބެހޭ

 

             ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް އެކިބާވަތުގެ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ދަނީ ކުރަމުންނެވެ. މިދަފްތަރުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް އަދި ވިޔަފާރި އުޞޫލުން ވިއްކުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މައުލޫމާތާއި ފަރާތްތަށް ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވާ، ރާއްޖޭގައި ވިއްކުމަށާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓްކުރެވޭނެ ފުރުޞަތު ހޯދައިދިނުމެވެ. މި ދަފްތަރުގައި ހިމެނުމަށް މަޢުލޫމާތު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 އޯގަސްޓް 2024 ގެ ކުރިން މި އިއުލާނާއިއެކު ދެވިފައިވާ ލިންކް ނުވަތަ ކިއު.އާރް ކޯޑު މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުން އެދެމެވެ. މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އެންޑް ޓްރޭޑުން މިދަފްތަރު އެކުލަވާލުމާއި ބެހޭ ގޮތުން ކޮށްފައިވާ ނަންބަރު 72/2024/1/(IUL)101-BR https://gazette.gov.mv/iulaan/300748  އިޢުލާންއިން ލިބެން ހުންނާނެއެވެ.

 

ލިންކު: https://trade.gov.mv/en/producers-registry-form

 

                                        9 ޞަފަރު 1446

                                         13 އޯގަސްޓް 2024

 

 

 

                     ހުސައިން އަބޫބަކުރު

                      ހެނބަދޫ ކައުންސިލްގެ ރައީސް

 

            

 

 

 

14 އޮގަސްޓް 2024
ހޯދާ