މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ޖިއޯޑޭޓާބޭސް ތައްޔާރުކޮށް އަދި ވެބްމެޕް އެޕްލިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީން އުފައްދާ ޖިއޯސްޕޭޝަލް ޑޭޓާ ބެލެހެއްޓުމަށް ބޭނުންވާ ޖިއޯޑޭޓާބޭސް ތައްޔާރުކޮށް އަދި މިޑޭޓާތައް އިންޓަރނެޓް މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ވެބްމެޕް އެޕްލިކޭޝަން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ އެސްރީ އާރކް ޖީއައިއެސް ސާރވާ (ESRI ArcGIS Server) ޓެކްނޮލޮޖީއާއި ޖާވާ ސްކްރިޕް (Java Script) ޓެކްނޮލޮޖީއެވެ. މިމަސައްކަތް ހަމަޖެހިފައިވާ ފަރާތަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މިނިސްޓްރީގެ ވެބްސައިޓް www.surveyofmaldives.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖޫން 2015 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއޮތޯރިޓީއަށް ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004251

އީ-މެއިލް: [email protected]

14‏ ޝަޢުބާން 1436

01 ޖޫން 2015
ހޯދާ