ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލުގެ މާނާބާރުނަ މާލަމްއާއި ބަނދަރު ފެންތާނގިތަކާއި ދޭތެރޭ އޮތް ހުސްތަންކޮޅުގައި މި އިޢުލާނާއެކު އެއްހީރާސްކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް ގަރާޖެއް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައި އެވާ މަޢުލޫމާތާއި އެއްގޮތަށް 2024 އޮގަސްޓު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މި އިދާރާއަށް ކޯޓޭޝަން ހުށައެޅުމަށް އެދެމެވެ.
ކައުންސިލުން ދޭނެ ތަކެތި:
- "4 ޕީވީސީ ހޮޅި
- ހިލަ އަދި ހިލަވެލި
އިތުރު މަޢުލޫމާތު:
- ގަރާޖުގެ ބޮޑު މިނަކީ '10*'21 އެވެ. އަދި އުސްމިނަކީ '11 އެވެ.
- ފައިދޮށް އަޅަންވާނީ "6'2 ދުރުމިނުގައެވެ. ފައިދޮށުގެ ސައިޒަކީ "4*"2 އެވެ.
- މާނާބާރުނަ ގުދަނުގެ ފާރު ކެނޑުމަށްފަހު ފައިދޮށް ފާރުގެ ތެރެއަށް ވައްދަންވާނެއެވެ. އަދި ފައިދޮށް ވެއްދުމަށްފަހު ސިމެންތިން ރީތިކޮށް ފާރުބައްދާ އޮމާންކުރަންވާނެއެވެ.
- ފަތި އަޅަންވާނީ '2 ދުރުމިނުގައެވެ. ފަތީގެ ބޯމިނަކީ "2*"2 އެވެ.
- ބެރި އަޅަން ވާނީ "4*"2 ބޯމިނުގައި ލަކުޑި ބެރިންނެވެ.
- "4 ޕީވީސީ ހޮޅި ކައުންސިލުން ދިނުމުން ހޮޅިތެރެއަށް 6 އެމްއެމް ގެ އެނބުރި ދަގަނޑު ލެއްވުމަށްފަހު ކޮންކްރީޓް އަޅަންވާނެއެވެ. އަދި ކޮންކްރީޓް އަޅާއިރު 10 އެމްއެމް ސްޓެޑް (އެސްއެސް ސްޓަޑް) ޕިވީސީ ހޮޅިތެރެއަށް އެއްފޫޓަށްވާގޮތަށް ވެއްދުމަށްފަހު މަތީ ބެރިތެރެއަށް ސްޓަޑް ވައްދާ މަތިން ބޯލްޓްކުރަންވާނެއެވެ. އަދި "18*'1*'1 ކޮންކްރީޓް ބުޑެއް އަޅައި ހޮޅިހަރުކުރަންވާނެއެވެ.
- "3 އިންޗި ބޯމިނުގައި 6 އެމްއެމް ގެ އެނބުރި ދަގަނޑު "6*"6 ން ނެޓް ހެދުމަށްފަހު، '21*'10 ކޮންކުރީޓް ތަޅުމެއް ޕިކަޕް ވަންނަން ފަސޭހަވާނެގޮތަކަށް ސްލޮޕްކޮށް އަޅަންވާނެއެވެ.
- ފުރާޅުގެ ޓިނަށް ބޭނުންކުރަންވާނީ ފެހިކުލާގެ ލައިސާޓު މޮޅު ޓިނެވެ. ޓިނުގެ ބޯމިނަކީ 0.47 އެމްއެމް އެވެ.
- ކައުންސިލުން "4 ޕީވީސީ ހޮޅިދިނުމުން ދިޔަދޮވި ހަދައި ހަރުކުރަންވާނެއެވެ.
- ފުރާޅުގައި ފެންނުވަންނަގޮތަށް ލައިސާޓް ތިނބިހަރުކުރަންވާނެއެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން ނުވަތަ ރަސްމީގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުން އެދެމެވެ.
- ކޯޓޭޝަން (ކުންފުނި ލެޓަރ ހެޑްގައި): އަގު އަދި މުއްދަތު ވަކިން އިންގޭ ގޮތަށް.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.