މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާވެހަލާކުވެފައިވާ ބައެއް ދުއްވާތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ބާވެހަލާކުވެފައިވާ ބައެއް ދުއްވާތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުން

       މިކައުންސިލްގެ ތިރީގައި ދަންނަވާ  ދުއްވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން އެއުޅަނދެއް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ކައުންޓާރގައި ހުންނަ ފޮށްޓަށް ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  18 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެންނެވެ. ގަތުމަށް ބޭނުންވާ އުޅަނދަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި ހުށަހެޅި އެންމެމަތީ އަގު އެނގޭ ގޮތަށް މިކައުންސިލްގެ ނޯޓިސް ބޯޑު އަދި ވައިބާރ ގުރޫޕްގައި އާންމުކުރެވޭނެއެވެ. މިތަކެތި ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 2 ދުވަހު އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.

ރިފަރެންސްނަމްބަރ

ވެހިކަލްގެ މަޢްލޫމާތު

 

ނީލަންފެށޭ އަގު

އިތުރުކުރެވޭނެ އެންމެ ކުޑައަގު

01/2024

(C1A2733) ޕިކަޕް

 

-/50,000ރ

ފަހަރަކު  5,000/-ރ

02/2024

ޑިންގީ

 

-/40,000ރ

ފަހަރަކު  5,000/-ރ

03/2024

(C1041A-02 10-T) ލޯންޗު (އިންޖީނުނެތް)

 

-/50,000ރ

ފަހަރަކު  5,000/-ރ

 

 

      

 

       މި ވެހިކަލްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ފެށުމުގެ ކުރިން  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 13:00 އަށް ކައުންސިލަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިއިޢްލާނާއި އެކު ސިޓީލާ ނީލަމުގެ ގައިޑްލައިނާ، އަގުހުށަހަޅާ ސިޓީ އަދި  ނީލަންކިޔާ ތަކެތީގެ ފޮޓޯ ހިމެނިފައިވާނެއެވެ.

       ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

12 އޮގަސްޓް 2024
ހޯދާ