ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 16/IUL)451-FP/1/2015) އިޢުލާނާ ގުޅިގެން 3 ފަރާތުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރަމެވެ.

ވީމާ، މިއިންސްޓިޓިއުޓަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މަސައްކަތުގެ ތަފުސީލު

ބޭނުންވާ މީހުންގެ އަދަދު

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 އަދި 5 ގެ ދިވެހި އަދަބިއްޔާތު ސިލަބަސް ލިޔުން

2

08 ޖޫން 2015 ވަނަ ދުވަހުގެ 11:00 އަށް

11 ޖޫން 2015 ވަނަ ދުވަހުގެ 11:00 އަށް

ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 5 ގެ ދިވެހި ސިލަބަސް ލިޔުން

1

08 ޖޫން 2015 ވަނަ ދުވަހުގެ 11:30 އަށް

11 ޖޫން 2015 ވަނަ ދުވަހުގެ 11:30 އަށް

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާ އެއްގޮތަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012378 ނަންބަރު ފޯނާއެވެ.

17 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ