ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 16/IUL)451-FP/1/2015) އިޢުލާނާ ގުޅިގެން 3 ފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކުރަމެވެ.
ވީމާ، މިއިންސްޓިޓިއުޓަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މަސައްކަތުގެ ތަފުސީލު |
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 ގެ ޤުރުއާން ފޮތްތަކުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން |
08 ޖޫން 2015 ވަނަ ދުވަހުގެ 13:00 އަށް |
11 ޖޫން 2015 ވަނަ ދުވަހުގެ 13:00 އަށް |
ޤައުމީ މަންހަޖުގެ ކީސްޓޭޖް 3 ގެ ސިލަބަސް ލިޔުން |
08 ޖޫން 2015 ވަނަ ދުވަހުގެ 13:15 އަށް |
11 ޖޫން 2015 ވަނަ ދުވަހުގެ 13:15 އަށް |
ޤައުމީ މަންހަޖުގެ ކީސްޓޭޖް 4 ގެ ސިލަބަސް ލިޔުން |
08 ޖޫން 2015 ވަނަ ދުވަހުގެ 13:30 އަށް |
11 ޖޫން 2015 ވަނަ ދުވަހުގެ 13:30 އަށް |
ޤައުމީ މަންހަޖުގެ ކީސްޓޭޖް 5 ގެ ސިލަބަސް ލިޔުން |
08 ޖޫން 2015 ވަނަ ދުވަހުގެ 13:45 އަށް |
11 ޖޫން 2015 ވަނަ ދުވަހުގެ 13:45 އަށް |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާ އެއްގޮތަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012378 ނަންބަރު ފޯނާއެވެ.
17 ޝަޢުބާން 1436